ނަބީ ބޭކަލުންގެ ބިންތައް 27 - މުޙައްމަދުގެފާނު 1

މައްކާ --

މާތް ވެގެން ވާ މައްކާއަކީ ރަށްތަކުގެ މައި ރަށެވެ. އެއީ ދުނިޔޭގެ ބިން މަތީގައި ވާ އެންމެ ދުވަސް ވީ އަދި އެންމެ ތޯހިރު ރަށެވެ. އެންމެ ފުރަތަމަ ނަބިއްޔާ އާދަމުގެފާނާއި އިބްރާހީމްގެފާނާއި މުޙައްމަދުގެފާނާ މައްކާގެ ތާރީޚު ވަނީ ގުޅި ލާމެހިފައެވެ.

މައްކާގެ ބިމަކީ ނަބީ ބޭކަލުން ޙައްޖު ވެ ވަޑައިގަތުމަށް ވަޑައިގެންނެވި މަޙައްޖެވެ. އެއީ އެންމެ ފަހުގެ ރިސާލަތުގެ ވެސް ވަޙީ ބާވައިލެއްވުނު މާތް ބިމެވެ. އެއީ ޙުރުމަތްތެރި ވެގެން ވާ މިސްކިތް އެ ބިމެއްގައި ހުރި މަތިވެތި ބިމެވެ. އެއީ ނަބީކަމާއި ރަސޫލުކަމުގެ ސިއްކަ ކަމުގައިވާ މާތް މުޙައްމަދު ނަބީ ކަލޭގެފާނުންގެ ވަޠަނެވެ. އަދި އެ މާތް ނަބިއްޔާ އެންމެ ލޯބިފުޅު ވީ ބިމެވެ.

ފަރުބަދަތަކުން ވަށައިލެވިފައިވާ، ހިލަ ބިމެއް މިހައި މުހިއްމު ވީ ކީއްވެގެން ހެއްޔެވެ؟ ފެހިކަމެއް ނެތް، އަދި ފެން އާރުތަކެއް ނެތް، ހޫނުކަން ގަދަ ބިމަކަށް ޙައްޖު ވެ އުމުރާ ވާން އެންގެވީ ކީއްވެގެން ހެއްޔެވެ؟ އެ ތަނުން ލޮލަށް ފެންނަ ޠަބީޢީ ރީތިކަމަކީ ކޮބައި ހެއްޔެވެ؟ އެ ތަނުން ހިތަށް ލިބޭ ހަމަޖެހުމަކީ ކޮބައި ހެއްޔެވެ؟

comment ކޮމެންޓް