ނަބީ ބޭކަލުންގެ ބިންތައް 21 - މޫސާގެފާނު 3

އުރުދުންގެ އަރަބާ ވާދީ --

އުރުދުންގެ ބިމަކީ ބައެއް ރިވާޔަތްތަކުގައި ބުނާ ގޮތުން މޫސާގެފާނާއި އެކަލޭގެފާނާ އެކު ނުކުތް މީހުންގެ ދިގު ދަތުރުގެ ފަހު މަންޒިލެވެ. އެއް ރިވާޔަތެއްގައި ބުނާ ގޮތުން އެކަލޭގެފާނުގެ ދަތުރުފުޅު ނިމެނީ ސީނާގެ ބިމަށެވެ.

ފުރަތަމަ ރިވާޔަތުގައި ބުނާ ގޮތުން ސީނާގެ ބިމުން އެކަލޭގެފާނު މިސްރާބު ޖެއްސެވީ އަގަބާގެ އުތުރުން އޮންނަ އަރަބާގެ ވާދީއާ ދިމާއަށެވެ. ދެން އުރުދުންގެ ދެކުނު ފަރާތުގެ ފަރުބަދަތަކަށް އަރާ ވަޑައިގަތެވެ. ދެން އޭގެ ފަހުން ވަޑައިގަތީ ބައިތުލްމަޤްދިސަށެވެ.

އުރުދުންގެ ދެކުނުގައި އޮންނަ ތާރީހީ ޝަހަރެއް ކަމުގައިވާ ބަތަރާއަށް ނަޒަރު ހިންގާލާ އިރު މިހިސާބުގައި ވާދީ މޫސާއޭ ކިޔޭ ބަލްދާއެއް އޮވެއެވެ. މި ތަން އޮތީ އަރަބާގެ ވާދީއާ ވަރަށް ކައިރީގައެވެ. އަދި މި ވާދީގެ އެއް ފަރާތުގައި ހާރޫނުގެފާނަށް ނިސްބަތް ކުރެވޭ މަގާމުފުޅެއް ވެސް އެބަ ހުށްޓެވެ.

މި ކަންކަމުން ވެސް ދަލީލުކޮށް ދެނީ މޫސާގެފާނާއި އެކަލޭގެފާނުގެ ގައުމުގެ މީހުން މި ސަރަހައްދުގެ ތެރެއިން ދަތުރު ކުރެއްވި ކަމެވެ. އެއީ އުތުރުގައި ހުރި ވުސްޠާގެ ފަރުބަދަތަކާ ދިމާއަށް ވަޑައިގަތުމުގެ ކުރީންނެވެ.

އެ ހިސާބަށް ދިއުމުގެ ކުރީން، މޫސާގެފާނާ ގުޅުން ހުރި އެހެން ވާހަކައަކަށް ބަލައިލަން އެބަ ޖެހެއެވެ. އެއީ ޞާލިޙު ބޭކަލެއްގެ އަރިހަށް މޫސާގެފާނުން ކުރެއްވި ޒިޔާރަތާ ގުޅޭ ވާހަކައެވެ. އެ ވާހަކައާ ވެސް ގުޅިފައި ވަނީ އުރުދުންގެ ބިމާއެވެ.

ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި މި ޞާލިޙް ކަލޭގެފާނަކީ ޚިޟްރުގެފާނެވެ. މާޙިޞްގެ ސަރަހައްދުގައި މި ކަމާ ގުޅުން ހުރި މަގާމުފުޅެއް ހުރެއެވެ. މިއީ ޢައްމާނުގެ ހުޅަނގުގައި ހުންނަ ތަނެކެވެ.

ޚިޟްރުގެފާނުގެ މަގާމުފުޅު ހުންނަނީ މާޙިޞްގެ ސަރަހައްދުގައެވެ.

comment ކޮމެންޓް