ސަދަން ޓްރާންސްޕޯޓު ލިންކުގެ ވެބްސައިޓު އިފްތިތާހުކޮށްފި

ސަދަން ޓްރާންސްޕޯޓު ލިންކުގެ ވެބްސައިޓު އިފްތިތާހުކުރުން--

ސަދަން ޓްރާންސްޕޯޓު ލިންކުގެ ވެބްސައިޓު އިފްތިތާހުކޮށްފިއެވެ.

ސަދަން ޓްރާންސްޕޯޓު ލިންކަނީ އެމްޕީއެލް އިން ރާއްޖޭގެ އެންމެ ދެކުނުގައި ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުންޏެވެ.

ރޭ އިފްތިތާހު ކުރި މި ވެބްސައިޓާއެކު ފުވައްމުލަކާއި ހުވަދޫ އަތޮޅުގައި ލޯންޗު ފެރީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ފަސޭހައެއް ލިބޭނެކަމަށް އެމްޕީއެލް އިން ބުންޏެވެ.

މި ވެބްސައިޓުގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ އެމްޕީއެލްގެ މުވައްޒަފުންކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވެބްސައިޓު މެދުވެރިކޮށް ދިވެހިންނަށްވެސް އަދި ބިދޭސިންނަށްވެސް އެޑްވާންސް ކޮށް ޓިކެޓު ބުކް ކުރެވޭނެ ކަމަށާއި ފައިސާ ދެއްކުމަށްވެސް ލުއި ގޮތްތަކެއް ފަހިކޮށްދީފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް