މާފުށީގައި ރޭ ސައިކަލެއް ރޯކޮށްލައިފި

ގިނަ އަދަދެއްގެ ޓޫރިސްޓުން އުޅޭ މާފުށީގައި ރޭ ސައިކަލެއްގައި ރޯކޮށްލައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ ރަށު އަބުހަރީހައުސް ކުރިމަތީގައި ހުރި ސައިކަލެއްގައި ރޯކޮށްލާފައި ވަނީ ރޭ ދަންވަރު 2:30ގައި ކަމަށެވެ. އަދި ރޭ ދަންވަރު 2:30ގައި އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި ސައިކަލު ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް