ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ކަމަށް އައްޔަން ކުރެއްވި އިބްރާހިމް ފަރުހާދު (ކ) --

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ކަމަށް ސ. ފޭދޫ، އާސްދާނާ، އިބްރާހިމް ފަރުހާދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީހުން އައްޔަނުކުރުމަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

ފަރުހާދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިޔާސީ ހަރަކާތުގައި އުޅުއްވާ މީހެކެވެ.

އޭނާ އަކީ ކެޑޭޓްކޯގައި އުޅުއްވާފައިވާ ބޭފުޅެކެވެ. އަދި މީގެ ކުރިން އޭވިއޭޝަން ދާއިރާގައި ވެސް މަސައްކަތް ކުރެއވި އެވެ.

comment ކޮމެންޓް