ފުނަދޫ އެއާޕޯޓް ރަންވޭގެ މަސައްކަތް ނިންމާލައިފި

ށ. ފުނަދޫގައި ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމާލައިިފި އެވެ.

ރަންވޭގެ މަސައްކަތް ކޮށްފައި ވަނީ އެމްޓީސީސީ އިންނެވެ. އެމްޓީސީސީ އިން ބުނީ ފުނަދޫ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް މި މަހު 13 ގައި ނިމިފައިވާ ކަމަށެވެ.

މި ރަންވޭއަކީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެކެވެ. ޓެކްސީވޭގައި 90 މީޓަރު ހުރެ އެވެ. އޭޕްރަންގެ ފުޅާމިނުގައި 50 މީޓަރު އަދި ދިގު މިނުގައި 150 މީޓަރު ހުރެ އެވެ.

ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން އެމްޓީސީސީ އިން ފުނަދޫގައި ކުރިއަށް ގެންދިޔަ އެއާޕޯޓު މަޝްރޫއުގެ ދަށުން އެއާޕޯޓް އެޅުމަށް ބިން ހިއްކާފައި ވަނީ ވެސް އެމްޓީސީސީ އިންނެވެ.

އެމްޓީސީސީ އިން މީގެ ކުރިން ބުނެފައި ވަނީ ރަންވޭގެ މަސައްކަތް ނިމުން އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސޭނެ ކަމަށެވެ.

comment ކޮމެންޓް