ރެއިންބޯގެ ރޯދަސޭލް ފަށައިފި، އިނާމަކަށް އުމްރާ ދަތުރު

ރެއިންބޯގެ ރޯދަ ސޭލް ފަށައިފި އެވެ.

މިއަދުން ފެށިގެން މެއި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ސޭލުގައި 500 ރުފިޔާ އިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އުމްރާ ދަތުރެއް ދޭން ނިންމާފައިވާ އިރު ކޮންމެ މީހަކަށް ވެސް އުމްރާ ދަތުރުގައި އިތުރު މީހަކު ބައިވެރިކުރުމުގެ ފުރުސަތު ދޭނެ ކަމަށް ރެއިންބޯ އިން ބުންޏެވެ.

މި ސޭލް ރެއިންބޯ އެންޓަޕްރައިސެސް އިން ހިންގާ ރެއިންބޯ ލިވިން މޯލް، ރެއިންބޯ ބިލްޑް ވެއާ، ރެއިންބޯ ޝޮޕް، ރެއިންބޯ ތިނަދޫ، ރެއިންބޯ އޮފީސް ސިސްޓަމް އަދި ރެއިންބޯ އޮންލައިންގައި ކުރިއަށްދާނެ އެވެ.

ރޯދަ ސޭލްގެ ގުރުއަތު ނެގުން އޮންނާނީ ޖޫން މަހުގެ 29ގައި ކަމަށް ރެއިންބޯއިން ބުންޏެވެ.

comment ކޮމެންޓް