ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ފަށައިފި

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ފެށުމަށް ކުރިއަށް ގެންދިޔަ ހާއްސަ އެސެމްބްލީ -- ފޮޓޯ: ބީއެމްއެލް

ފަހަށް ރައްކާކުރުމަށް ކުޑަކުދިންނާއި ޒުވާނުންނާއި ކުޑަކުދިން ހޭލުންތެރިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ރާއްޖޭގައި ފަށައިފިއެވެ.

މިއަދު އިސްކަންދަރު ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީއެއްގައި ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ރަސްމީކޮށް އިފްތިތާހުކޮށްފައިވާއިރު މިއަދުން ފެށިގެން މި މަހުގެ 30 ގެ ނިޔަލަށް މި ހަރަކާތްތައް ކުރިއަށް ދާނެއެވެ.

ގްލޯބަލް މަނީ ވީކްގެ ތެރެއިން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރެއިން މާދަމާ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގްލޯބަލް މަނީ ވީކް އާ ގުޅޭ ހާއްސަ ސްޕީޗެއް މާދަމާ އޮންނާނެއެވެ. މީގެ އިތުރުން ފައިނޭންޝަލް ޓުއާއެއްވެސް މާދަމާ އަށް ވަނީ ތާވަލް ކޮށްފައެވެ.

ބުދަ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ ޔޫތް އެންޓްރެޕްރެނިއާސް ފޯރަމް އެވެ. 28 ވަނަ ދުވަހު ފައިނޭންޝަލް ވެބިނާ ބާއްވަން ނިންމާފައިވާއިރު އެމްއެމްއޭގައި ކުރިއަށްގާ މި ސެމިނާގައި ވެބް މެދުވެރިކޮށް ގދ. ތިނަދޫ، ހދ. ކުޅުދުއްފުށި އަދި ލ. ފޮނަދޫ އިން ބައިވެރިވާނެއެވެ.

ހުކުރު ދުވަހު ފައިނޭންޝަލް ފެއާއެއްގެ އިތުރުން ކުޑަކުދިންގެ ހަވީރެއް އޮންނާނެއެވެ. 30 ވަނަ ދުވަހު ހދ، ލ އަދި ގދ އަތޮޅުގައި ޔޫތް އެންޓްރެޕްރެނިއާސް ފޯރަމް އޮންނާނެއެވެ. އަދި އެމްއެމްއޭގައި މާލީ ބަހުސްގެ ނަމުގައި ފައިނޭންޝަލް ޑިބޭޓެއްވެސް އޮންނާނެއެވެ.

comment ކޮމެންޓް