ސަރުކާރުގެ ސިޔާސަތަކީ އެންމެން ގުޅިގެން އެކުގައި މަަސައްކަތްކުރުން: ފައިސަލް

79 ވަނަ "ޕާކިސްތާން ޑޭ" ފާހަގަ ކުރުމަށް ބޭއްވި ހަފުލާގެ ތެރޭގައި -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ މިހާރުގެ ސަރުކާރުގެ ސިޔާސަތަކީ އެންމެން އެކުގައި މަަސައްކަތްކުރުން ކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

"އުރީދޫ ސްމާޓް ކެމްޕަސް" އިފްތިތާހްކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން ފައިސަލް ވިދާޅުވީ ޤައުމު ތަރައްޤީ ކުރުމުގައި ބައިވެރިވުމުގެ ފުރުސަތު އެންމެހައި ރައްޔިތުންނަށް އޮންނަންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ސިޔަސަތަކީ އެންމެން އެކުގައި މަަސައްކަތްކުރުން ކަމަށެެވެ.

އެ ކްލާސްރޫމްތަކާއެކު ޖަލުގައި ތިބޭ ގައިދީންނަށް ރިހިބިލިޓޭޝަން ޕްރޮގްރާމުތައް ހިންގުމުގައި އިތުރު އެހީއަކަށް ވާނެއެވެކަމަސް އޭނާ ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ދިވެހި މުޖުތަމަޢުން އެއްވެސް ބަޔަކު ބާކީވެގެން ގޮސްގެން ނުވާނެ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ގައިދީންނަކީ ހުނަރުތަކެއް ދަސްވެ، މުޖުތަމަޢަށް އަވަހަށް ނުކުމެ، އާއިލާތަކާއެކު ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ބަޔަކަށް ހެދުންކަމުގައި އޭނާ ވިދާޅުވިއެވެ.

އަދި ތައުލީމީ ޖީލެއް ބިނާކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، "އުރީދޫ ސްމާޓް ކެމްޕަސް" އަކީވެސް އެންމެހައި ފަރުދުންނަކީ މުޖުތަމަޢަށް ފައިދާކުރަނިވި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ބައެއްކަންވެސް ފައިސަލް ފާހަގަ ކުރެއްވިއެވެ.

comment ކޮމެންޓް