ސާކް ފިލްމް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ،
މިއީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަންއިން އިންތިޒާމް ކޮށްގެން ބާއްވާ ފިލްމް ފެސްޓިވަލަކެެެވެ.
ނެޝެނަލް ސެންޓާ ފޯ އާޓްސް (އެންސީއޭ) އިން ބުނީ އެ ފެސްޓިވަލް އޮންނާނީ އަންނަ މޭ މަހުގެ ހަތަކުން 12 އަށް ސްރީލަންކާގައި ކަމަށެވެ.
އެންސީއޭއިން ބުނީ އެ ފިލްމް ފެސްޓިވަލްގައި 02 ކުރު ފިލްމާއި އަދި 02 ފީޗަރ ފިލްމު އަދި 01 މާސްޓަރ ފިލްމު ބައިވެރިކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.
އެ ފެސްޓިވަލްގައި ބައިވެރިކުރާ ފިލްމުތަކުގެ ޑައިރެކްޓަރުންނާއި އެހެނިހެން އާޓިސްޓުންގެ ތެރެއިން ގިނަވެގެން 04 ފަރާތަކުން ބައިވެރިވެވޭނެ ކަމަށާއި އަދި އެ ބޭފުޅުން ލަންކާގައި ތިބުމާއި އަދި އެ ގައުމުގައި ދަތުރުފަތުރު ކުރުމުގެ ހުރިހާ ހަަރަދެއް އެ ފެސްޓިވަލް އިންތިޒާމްކުރާ ފާރާތްތަކުން ހަމަޖައްސައިދޭނެ ކަމަށްވެސް އެންސީއޭއިން ބުންޏެވެ.
" އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތަކުންނެވެ." އެންސީއޭގެ އިއުލާންގައި ވެއެެވެ.
އެންސީއޭއިން ބުނީ އެ ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފަރާތްތަކުން އަންނަ މަހު ތިން ވަނަ ދުވަހުގެ 13:30 ގެ ކުރިން އެ ސެންޓަރަށް އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މީގެ ކުރިންވެސް ރާއްޖޭގެ ފިލްމުތައް ސާކް ފިލްމު ފެސްޓިވަލްގައި ވަނީ ބައިވެރިކޮށްފައެވެ. އަދި އޭގެތެރެއިން އެ ފިލްމު ފެސްޓިވަލް ގައި ބައިވެރިކުރި ދިވެހި ފިލްމު "އިނގިލި" ވަނީ ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.