އާލްއަކީ މިހާރު އެންޓި ބުލީ އެމްބެސެޑަރެއް ނޫން: އެޑިއުކޭޝަން މިނިސްޓްރީ

ބުލީކުރުމާ ދެކޮޅަށް ދެކޮޅަށް އެޑިއުކޭޝަންއިން ހަަމަޖެއްސި ބްރޭންޑް އެމްބެސެޑަރު އާލިފްއަށް މިނިސްޓަރު ލިޔުން ހަވާލުކޮއްދެއްވަނީ---ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ބުލީ ކުރުމާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ހަމަޖެއްސި އެންޓި ބުލީ އެމްބެސެޑަރު އާލިފް ނަސީރު (އާލް ނަސީރު)، އަކީ މިހާރު އެންޓި ބުލީ އެމްބެސެޑަރު ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މިހާރު އެންޓި ބުލީ އެމްބެސެޑާގެ މަގާމުގައި އާލް މިހާރު ނުހުންނަ ކަމަށެވެ. ނަމަވެސް އޭނާ އެ މަގާމުން ވަކިކުރީކަމެއް ނުވަތަ ނުވަތަ އާލް އަމިއްލައަށް ވަކިވީކަމެއް އޭނާ ވިދާޅެއް ނުވިއެވެ.

އާލް "ބުލީ" ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ދާދި ފަހުން ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

އާލްއާ ދެކޮޅަށް ޓުވިޓާގައި ބައެއް އަންހެންކުދިން ބުނީ އޭނާ އެކުދިންނަށް ބްލެކްމެއިލްކޮށް ފުރައްސާރަކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ހޫނުވެ، އެކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ސަމާލު ކަމަށް އައުމުން، މިނިސްޓަރު ވެސް ވަނީ އާލްއާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ އާލް އެންޓި ބުލީ އެމްބެސެޑަރަކަށް ހަމަޖެއްސީ އޭނާގެ " ބެކްގްރައުންޑް" ރަނގަޅަށް ބެލުމަށް ފަހު އެޑިއުކޭޝަންގެ ސްޓާފުންގެ ވެސް ތާއީދާ އެކު ކަމަށެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މިދިޔަ މަހު އެވެ. އަދި އާލް ވަނީ ޓުވިޓާގައި މާފަށް އެދި ޕޯސްޓެއް ވެސް ކޮށްފަ އެވެ. އެ ޕޯސްޓަށް މިނިސްޓަރު ވެސް ވަނީ ލައިކްއެއް ދެއްވައިފަ އެވެ. ނަމަވެސް އާލްއަށް ކުރެވިފައިވާ ތުހުމަތުތަކުގެ ސީރިއަސްކަމުން މިހާރު އެ ޕޯސްޓަށް "އަންލައިކް ވެސް" ކޮށްފައިވާ ކަމަށް މިނސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގައި މިނިސްޓަރީން އެއްވެސް ގަލެއް ނުފުރޮޅައި ނުބާއްވާނެ ކަމަށެވެ. އަދި އެ މައްސަލާގައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އާލްގެ މައްސަލަ ފެންމަތިވުމުން ދިރާގާއި، ލޮޓަސް އަދި ބައިސްކޯފުން މިހާރު ވަނީ އޭނާއާ އެކު މަސައްކަތް ކުރުން ހުއްޓާލައިފަ އެވެ.

އާލްއަކީ ޔޫޓިއުބްގައި ވަރަށް ގިނަ އިން ވްލޮގްކޮށް ތަފާތު ވީޑިއޯތައް ގެނެސްދޭ ތަރިއެކެވެ. އަދި އޭނާ ވަނީ ދިރާގާއި އަދި އުރީދޫގެ އިޝްތިހާރުތަކުން ފެނިގެން ގޮސްފަ އެވެ.

comment ކޮމެންޓް