އެމްޑަބްލިއުއެސްސީ އަށް ނެގި ފުރަތަމަ ދިވެހި މުވައްޒަފު ނިޔާވެއްޖެ

ޝާފިއު ނިޔާވުމާ ގުޅިގެން ފެންކުންފުނިން ނެރުނު ބަޔާން--

ގައުމީ ފެން ކުންފުނި އެމްޑަބްލިއުއެސްސީގައި މަސައްކަތް ކުރުމަށް ނެގި ފުރަތަމަ ދިވެހި މުވައްޒަފު މުހައްމަދު ޝާފިއު ނިޔާވެއްޖެ އެވެ.

ޝާފިއު ނިޔާވުމާ ގުޅިގެން ތިން ދުވަސް ވަންދެން އެމްޑަބްލިއުއެސްސީގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ވަނީ ނިންމައިފަ އެވެ.

ނަވާރަސަތޭކަ ނުވަދިހަ ފަސްވަނަ އަހަރުން ފެށިގެން އެމްޑަބްލިއުއެސްސީގައި މަސައްކަތް ކުރައްވަމުން ގެންދެވި ޝާފިއު ނިޔާވި އިރު ހުންނެވީ އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް މެނޭޖަރުގެ މަގާމުގަ އެވެ.

ޝާފިއު ނިޔާވީ ރޭ ފަތިހު، އުމުރުން 57 އަހަރުގަ އެވެ. ކަށުނަމާދު އޮންނާނީ މިރޭ މަޣްރިބް ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

comment ކޮމެންޓް