އެޗްއެސްބީސީގައި ހުރި މުއާމަލަތް ނުކުރާތާ ފަސް އަހަރުވީ އެކައުންޓުތައް އާންމުކޮށްފި

އެޗްއެސްބީސީ ރާއްޖޭގެ ބްރަންޗު ހުންނަ އިމާރާތް -- ފޭސްބުކް ފޮޓޯ/ އަލީ ސޯދިގް

އެޗްއެސްބީސީގައި ހުރި މުއާމަލާތް ނުކުރާތާ ފަސް އަހަރުވީ އެކައުންޓުތައް ނުވަތަ ޑޯމަންޓް އެކައުންޓްތަކުގެ ތަފްސީލު އާންމުކޮށްފިއެވެ.

އެ ބޭންކުން ބުނީ ޑޯމަންޓް އެކައުންޓްތަކުގެ ތަފްސީލު، އެ ކަސްޓަމަރަކު އެންމެ ފަހުން ދީފައިވާ އެޑްރެހަށް ފޮނުވާފައިވާނެ ކަމަށެވެ. ޖުމްލަ 37 އެކައުންޓެއް ޑޯމަންޓް އެކައުންޓުގެ ގޮތުގައި ވަނީ އިއުލާނު ކޮށްފައެވެ.

ލިސްޓު އާންމު ކުރާތާ 60 ދުވަސް ފަހުން، އެކައުންޓްތަކުގައިވާ ފައިސާ، މަރުކަޒީ ބޭންކަށް ހަވާލުކުރުމަށް ފަހު، އެކައުންޓުތައް ބަންދުކުރާނެ ކަމަށް ވެސް އެޗްއެސްބީސީ އިން ބުންޏެވެ.

މީގެ އިތުރުން ޑޯމަންޓް އެކައުންޓެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު ނުދިނުމަށްޓަކައި، މުއާމަލާތް ނުކުރާތާ ފަސް އަހަރަށް ވުރެ ގިނަދުވަސްވެފައިވާ އެކައުންޓުތަކުގެ ވެރި ފަރާތްތަކުން
އެފަރާތްތަކުގެ އައިޑީކާޑުގެ ގެ ކޮޕީއާއި އެކު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން
2:00 އާ ދެމެދު އެޗްއެސްބީސީއަށް ގޮސްގެން އެކަން ހައްލު ކުރުމަށްވެސް އެ ބޭންކުން އެދެއެވެ.

އެޗްއެސްބީސީ އަކީ ދުނިޔޭގައި ފުޅާ ދާއިރާއެއްގައި ފައިނޭންޝަލް ހިދުމަތްތްދޭ ކުންފުންޏެކެވެ. 80 އަށް ވުރެ ގިނަ ގައުމުގައި އެ ބޭންކުގެ ބްރާންޗުތައް ހިންގައެވެ.

comment ކޮމެންޓް