ބޯޑަރު ރައްކާތެރި ކުރުމާގުޅޭ ވޯކްޝޮޕެއް ފަށައިފި

ރާއްޖޭގެ ބޯޑަރު ރައްކާތެރި ކުރުމާ ގުޅޭ ވޯކްޝޮޕް ފެށުން -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ ބޯޑަރު ރައްކާތެރި ކުރުމާ ގުޅޭ ވޯކްޝޮޕެއް ފަށައިފިއެވެ.

"ބޯޑާ ސެކިޔުރިޓީ ، ފްރޮޑިއުލަންޓް އައިޑެންޓިޓީސް އެންޑް ޑޮކިޔުމެންޓް ސެކިޔުރިޓީ ޓްރެއިނިން ޕްރޮގްރާމް"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމް ފެށުމަށް މިއަދު ކަސްޓަމްސް ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.

މި ޕްރޮގްރާމަކީ އޭވިއޭޝަން ދާއިރާ އާއި ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އިމިގްރޭޝަނާއި ކަސްޓަމްސްގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފް، އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑް، އެއާޕޯޓްސް ކޮމްޕެނީ އަދި ކަރެކްޝަންސްގެ ފަރާތުން މި ތަމްރީނުގައި ބައިވެރިވެއެވެ.

މި ޕްރޮގްރަމުގެ މަގުސަދަކީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލްކަން އިތުރުކޮށް ބޯޑަރުގެ ސަލާމަތްތެރިކަން އިތުރުކުރުމެވެ.

މިއީ މޯލްޑިވްސް އިމިގްރޭޝަން އާއި އިމިގްރޭޝަން ލިއޭސަން އޮފިސަރުންނާއި އެމެރިކާ، ކެނެޑާ، ޖަރުމަނު އަދި އިނގިރޭސިވިލާތުގެ ކަމާބެހޭ ތަޖުރިބާކާރުންނާއެކު ތިން ދުވަހަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމުގައި 114 ފަރާތުން ބައިވެރިވެއެވެ.

comment ކޮމެންޓް