އިސްތަށި ފޭބުން ހުއްޓުވާނީ ކިހިނެއް؟

ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

މިދިޔަ ހަފްތާގައި 'ހައްލު' ސެގްމަންޓްގައި ބަލައިލެވުނީ މޫނު ރީތިކޮށް ބެހެއްޓުމާ ގުޅޭގޮތުންނެވެ. އެއާ އެކު، އިސްތަށިގަނޑާ ގުޅޭ ސުވާލުތަކެއް ކޮށް ނުލައި، އެހެން ދާއިރާއެއްގެ ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ކަމަކަށް ނުވާނެ އެވެ. އެހެންކަމުން، އަނެއްކާ ވެސް ސުއި ސެލޫންގެ އޯނާ ސުއިޒާ އިބްރާހިމްއާ އަހަރެމެން ސުވާލުކޮށްލީމެވެ.

މިފަހަރުގެ ސުވާލުތައް އަމާޒުވެފައި މިވަނީ އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމާއި ދުޅަހެޔޮކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުންނެވެ.

އިސްތަށި ފައިބަން ދިމާވާ އާންމު ސަބަބުތަކަކީ ކޮބާ؟

އިސްތަށި ފައިބަން ދިމާވާ އާންމު ސަބަބުތަކަކީ ސްޓްރެސް، އެކަށީގެންވާވަރަށް ޕްރޮޓީންސް އާއި ވިޓަމިންސް ކެއުމުގައި ނުހިމެނުން، މޫސުމާއި ފެނަށް އަަންނަ ބަދަލުތައް، ބޭނުންކުރާ ޝޭމްޕޫ އާއި ކޮންޑިޝަނާއަށް އަންނަ ބަދަލު، ބްލަޑް ސާކިއުލޭޝަން ދަށްވުން އަދި ބައެއް ސިއްހީ މައްސަލަތައް ކަމުގައިވާ، ތައިރޮއިޑް، ޑައިބެޓިކްސް ކެންސަރު ފަދަ ކަންކަމުން ވެސް މިކަން ދިމާވޭ.

އިސްތަށި ފޭބުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމަކީ ކޮބާ؟

ބްލަޑް ސާކިއުލޭޝަން ނުވަތަ ލޭ ދައުރުވުން އިތުރުކޮށްދޭ ފަދަ ކަސްރަތު ކުރެވިދާނެ، ޕްރޮޓީންސް އާއި ވިޓަމިންސް ގިނައިން ހިމެނޭ ކާނާ ކެއުމާއި، ބޯ މަސާޖުކުރުން ފަދަ ކަންކަމާއި ސާފުތާހިރުކަމަކީ މުހިންމު ކަންކަން.

ހޯމް ރެމެޑީސްތަކަކުން މިކަމަށް ހައްލު ލިބިދާނެތަ؟

ރަނގަޅު ކޮލިޓީ ޕްރޮޑަކްޓްސް ބޭނުންކުރުމާއި ބޮލުގެ ހަންގަނޑު ސާފުކޮށް ބެހެއްޓުމާއި ތެޔޮހޭކުން މިއީ ކުރެވިދާނެ ކަންކަން. ތެލަކީ އިސްތަށިގަނޑަށް ރަނގަޅު އެއްޗެއް ނޫން. އެކަމަކު ޑްރައި އަދި ޑީހައިޑްރޭޓެޑް ހަމެއް ހުންނަ ނަމަ، ހަންގަނޑުގައި ތެޔޮ ހޭކުމުން އެހީއަކަށްވާނެ. ހަގީގަތުގައި ހޯމް ރެމެޑީސްތަކުގައި އިސްތަށިގަނޑު ރިޕެއާ ކޮށްދޭނެ ބާވަތްތަަކެއް ކެމިކަލްތަކާ އެއްވަރަކަށް ނުހުރޭ.

ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ބޮލުން ހަންފޮޅުން ހުއްޓުވާނީ ކިހިނެއް؟

މިކަމަށް ޓަކައި އެންމެ މުހިންމީ SLS) sodium laureate sulphate) ނުހިމެނޭ ޝޭމްޕޫ ބޭނުނުްކުރުން. އަދި ރަނގަޅަށް އިސްތަށިގަނޑު ދޮވުމާއި، ދޮންނައިރު ހަންގަނޑު ރަނގަޅަށް ސާފުވާވަރަށް ދޮވުން ވަރަށް މުހިންމު. އެއީ ރަނގަޅަށް ރިންސް ނުކުރެވޭ ނަމަ ހަނގަނޑުގައި ހުންނަ ޖަރާސީމުގެ ސަބަބުން އިންފެކްޝަންތަކަށް ވެސް މަގުފަހިވެދާނެ.

އިސްތަށިގަނޑު ރަނގަޅަށް ގްރޯ ކުރަން ކިހާ ރެގިއުލާކޮށް ކޮށަން ޖެހޭ؟

ތެދަށް ބުނާ ނަމަ ގިނައިން އިސްތަށިގަނޑު ކޮށާވަރަކަށް ސްޕްލިޓް އެންޑްސްއާއި 'ފްރިޒީ އެޖަސް'ތަކުން ސަލާމަތްވާނެ. އިސްތަށިގަނޑު ދިގުވަނީ އޭގެ ރޫޓްސްތަކުން. އެހެންވީމާ ޕްރޮޓީންސް އާއި ވިޓަމިންސް ގިނައިން ލިބޭ ވަރަކަށް ދިގުވާނެ.

އިސްތަށިގަނޑުގައި ކުލަ ޖެއްސުމަކީ އިސްތަށިގަނޑު ބަލިކށިވާ ކަމެކޭ މީހުން ބުނޭ.. އެއީ ތެދެއްތަ؟

ހެއާ ޑައި ކުރުމާއި ހެއާ ކަލަރިންގައި ތަފާތެއްވޭ. ހެއާ ޑައި ކުރުމޭ މި ބުނަނީ އިސްތަށީގައި މެޓަލިކް ކޯޓިންއެއް އެޅުން. މީގެ ސަބަބުން އިސްތަށި ވަރަށް ފަސޭހައިން ޑްރައިކޮށްލާނެ. އެކަަމަކު ކުލަޖެއްސުމޭ މި ބުނަނީ އިސްތަށީގެ ޕިގްމެންޓޭޝަން ބަދަލުކޮށްލުން. މީގެ ސަބަބުން އިސްތަށިގަނޑުގެ ޓެކްސްޗާ އަދި ކޮންޑިޝަންސްއަށް ވެސް އެ ކުލައަކާ އެއްގޮތަށް ބަދަލު އަންނާނެ.

ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

އާންމުކޮށް އިސްތަށިގަނޑު ސްޓްރެއިޓްކޮށް ނުވަތަ ކާރލްކުރާނަމަ އިސްތަށިގަނޑަށް ލިބޭ ޑެމޭޖަސްތަކުން ޕްރޮޓޭކްޓް ކުރެވޭނީ ކިހިނެއް؟

އެމީހެއްގެ އިސްތަށިގަނޑުގެ ޓެކްސްޗާއަކާ ގުޅޭނެ ކަހަލަ ކޮލިޓީ ޕްރޮޑަކްސްޓްސް ބޭނުންކުރުން ވަރަށް މުހިންމު. މިކަމުގައި އެކްސްޕާޓެއްގެ ހިޔާލު ހޯދިިދާނެ. ދެން ރަނގަޅު ޝޭމްޕޫ އަދި ކޮންޑިޝަނާ ބޭނުންކުރުމާ އެކު ބޭނުންކުރާ ހެއާ ސެރަމްއަކީ ހީޓް ޕްރޮޓެކްޓާއަކަށް ވާންޖެހޭނެ.

ހަފްތާއަކު ކިތައް ފަހަރު އިސްތަށިގަނޑު ދޮންނަންޖެހޭތަ؟

އެމީހަކު ހިތްހަމަޖެހޭ ވަރަކަށް ދޮވެލުން ރަނގަޅު. ގިނަ އެކްސްޕާޓުން ބުނަނީ ހަފްތާއަކު ދެފަހަރު ދޮވެލަން ވާނެ ކަމަށް.

comment ކޮމެންޓް