"40 ޕްލަސް"ގެ ވަދާއީ ޝޯ މި މަހު 22، 23 އަދި 24ގައި

"40 ޕްލަސް" ގެ ޕޯސްޓަރެއް...

މި މަހު ފަސް ވަނަ ދުވަހު ޕްރިމިއާ ކުރި ދިވެހި ފިލްމު "40 ޕްލަސް"ގެ ވަދާއީ ޝޯތައް އެޅުވުމަށް ތައްޔާރުވެއްޖެއެވެ.

ފިލްމުގެ ވަދާއީ ޝޯތައް ދައްކާނީ މި ހަފްތާގެ ހުކުރު ހޮނިހިރު އަދި އަންނަ ހަފްތާގެ އާދިއްތަ ދުވަހުއެވެ. ވަދާއީ ޝޯތަކުގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިއްކަން ފަށާފައިވާއިރު އެ ފިލްމުގެ 13 ޝޯ އެއް ވަނީ ހައުސްފުލްކޮށް ދައްކާފައެވެ.

ފިލްމުގެ ޓިކެޓް އޮލިމްޕަހުން މިހާރު ލިބެން ހުންނައިރު އަތޮޅުތެރޭގައި ވެސް ފިލްމު އެޅުވުމުގެ ކަންތައްތައް ވެސް ދަނީ ކުރިއަށެވެ.

އެގޮތުން ހދ ކުރިނބީ، ނައިވާދޫ އަދި ހަނިމާދޫގައި ފިލްމު މި މަހުގެ 21 އިން 23 އަށް އަޅުވާއިރު އއ ރަސްދޫގައި މާދަމާރޭ ފިލްމު އަޅުވާނެއެވެ. އަދި އައްޑޫ ސިޓީ މަރަދޫ، ހިތަދޫ ފޭދޫގައި ވެސް މިރޭ ފިލްމު އަޅުވާގޮތަށް ވަނީ ހަމަޖެހިފައެވެ. ރ ދުވާފަރުގައި މިރޭ ފިލްމު އަޅުވާނެ ކަމަށްވެސް އެ ޓީމުން ބުނެއެވެ.

އެ ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރާ އިސްމާއިލް ޝަފީގު ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ތ. ބުރުނީގައި މަންޒަރުތައް ނެގި އެ ފިލްމަކީ "ނޯޓީ 40"ގެ ސީކުއެލްއެކެވެ.

ކުޅަދާނަ ބަތަލު އަލީ ސީޒަން، މަނިކު، ސައީދު އެ ފިލްމުން ފެނިގެންދާނެއެވެ. އަދި ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވި މަރިޔަމް ޝިފާ، އާނަންދު، މަރިޔަމް ޝަކީލާ އަދި އަލަށް ތައާރަފްވާ ބަތަލާ އިރްފާނާ އިބްރާހީމް ފަދަ ތަރިންގެ އެކްޓިން ވެސް އެ ފިލްމުން ފެންނާނެ އެވެ.

comment ކޮމެންޓް