އާޔަތްތަކެއް ނުބައިކޮށް ލިޔެ ރާއްޖޭގައި ނެރެފައިވާ ފޮތެއްގެ މައްސަލަ ފެންމަތިވެއްޖެ

ބައެއް އާޔަތްތައް ނުބައިކޮށް ހުރިކަމަށް ބުނާ ފޮތް--

ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ރާއްޖޭގައި ނެރެފައިވާ ފޮތެއްގެ މައްސަލަ ފެންމަތިވެއްޖެ އެވެ.

"ކީރިތި ޤުރުުއާން ކިޔެވުމަށް އެހީއެއް ދަރިވަރުންނަށް ހާއްސަ" ނަމުގައި ނެރެފައިވާއެ ފޮތުގެ މައްސަލަ ސަމާލުކަމަށް އައީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.

"މި ފޮތުގެ ބައެއް އާޔަތްތައް ނުބައިކޮށް ލިޔެފައި އެބަ ހުރި. ވީމާ މިފޮތް ގެންގުޅުއްވުމުގައި ސަމާލު ވެލައްވާ،" ޑރ. އިޔާޒް ވިދާޅުވި އެވެ.

އެ ފޮތުގެ މައްސަލަގައި ޑރ. އިޔާޒްކުރެއްވި ޓުވީޓުގައި އެޑިއުކޭޝަން މިނިސްޓަރު ޓެގް ކުރެއްވުމުން، އެއަށް ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ބައްލަވާނެ ކަމަށެވެ.

ކީރިތި ޤުރުއާން އަދި ދީނީ އެކި ކަންކަމާ ބެހޭ ފޮތްތައް ޗާޕްކޮށް ނެރެނީ އިސްލާމިކް މިނިސްޓްރީގެ ހުއްދައާއެކު އެވެ. އަދި އެ ފަދަ ފޮތްތައް ރާއްޖެ ގެނެސްފި ނަމަ ކަސްޓަމްސް އިން ބަލައި ހެދުމަށް ފަހު ނޫނީ ދުލެއް ނުކުރެ އެވެ.

comment ކޮމެންޓް