ކައިލާން ޓްރެންޑްސްގެ ބްރޭންޑް އެމްބެސެޑަރަކަށް އައްޒަ

ކައިލާން ޓްރެންޑްސްގެ ބްރޭންޑް އެމްބެސެޑަރަކަށް ފިލްމީ ތަރި މަރިޔަމް އައްޒަ ހަމަޖެއްސުން -- ފޮޓޯ: ކައިލާން

މާލޭގައި ބިއުޓީ އަދި ކޮސްމެޓިކްސްގެ ވިޔަފާރި ކުރާ ކައިލާން ޓްރެންޑްސްގެ ބްރޭންޑް އެމްބެސެޑަރަކަށް ފިލްމީ ތަރި މަރިޔަމް އައްޒަ ހަމަޖައްސައިފި އެވެ.

ކައިލާން އަކީ ތުރުކީގެ ކޮސްމެޓިކް ބްރޭންޑް، އިސަބަލް ޑުޕޯންޓްގެ އިތުރުން މޯފޯސް އަދި އަޓަކްގެ އޮތޮރައިޒް ޑިސްޓްރިބިއުޓާރެވެ. މީގެ އިތުރުން ޔޫއޭއީގެ މަޝްހޫރު ލަތާފާ ބްރޭންޑްގެ ސެންޓް އަދި އިންޓަނޭޝަނަލް ބްރޭންޑްތައް ކަމުގައިވާ ބެކް، ބެބެކް، ލޭޑީ ސީކްރެޓް، އާމޯ، އީސީ، ފަދަ ބްރޭންޑްތައް ކައިލާން ޓްރެންޑްސް އިން ހޯލްސޭލް އަދި ރީޓެއިލްކޮށް ލިބެންހުންނާނެ އެވެ.

ކައިލާން ޓްރެންޑްސްގެ ބްރޭންޑް އެމްބެސެޑަރަކަށް ފިލްމީ ތަރި މަރިޔަމް އައްޒަ ހަމަޖެއްސުން -- ފޮޓޯ: ކައިލާން

މީގެ އިތުރުން ކައިލީ ކޮސްމެޓިކްސް، މެކް ކޮސްމެޓިކްސް، ކަލަ ޕޮޕް، ހުދާ ބިއުޓީ ފަދަ މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތައް ރީޓެއިލްކޮށް ކައިލާން ޓްރެންޑްސްއިން ލިބޭނެ އެވެ.

ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި އައްޒަ ހަމަޖައްސައި ސޮއިކުރުމަށް ރޭ ސޯލްޓްގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން އައްޒަ ބުނީ ކައިލަން އިން ވިއްކާ މި ހުރިހާ ބްރޭންޑެއްގެ ޕްރޮޑަކްޓްތަކަކީ ވެސް ވަރަށް ފެންވަރު ރަނގަޅު އުފެއްދުންތަކެއް ކަމަށެވެ.

ކައިލާން ޓްރެންޑްސް ފިހާރަ ހުންނާނީ ހ. ފަހިވައިގެ، ބޮޑުރަސްގެފާނު މަގުގަ އެވެ.

އަދި ކައިލާން ޓްރެންޑްސްގެ ފޭސްބުކް، އިންސްޓަގްރަމް އަދި ޓުވިޓާ މެދުވެރިކޮށް ކަސްޓަމަރުން ބޭނުންވާ ކޮންމެ ޕްރޮޑަކްޓަކަށް ވެސް އޯޑަރު ކޮށްލެވޭނެ އެވެ. ނުވަތަ 9517729 އަށް ގުޅުމުން ވެސް ހިލޭ ޑެލިވަރީ ކޮށްދެ އެވެ.

މިހާރު ވެސް ކައިލާން ޓްރެންޑްސްގެ ފޭސްބުކް ޕޭޖުގައި ލައިކް، ކޮމެންޓް އެންޑް ޝެއާ ޕްރޮމޯޝަނެއް ކުރިއަށް އެބަ ގެންދެ އެވެ.

ކައިލާން ޓްރެންޑްއަކީ 2009 ވަނަ އަހަރުން ފެށިގެން ވިޔަފާރި ކުރަމުންދާ އަދި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކައިލާން ފިހާރައިގެ ސަބް ބްރާންޗެކެވެ.

comment ކޮމެންޓް