އެސްއެމްއީ ލޯނު ހަތަރު ދާއިރާއަަކަށް، އިންޓަރެސްޓް 9.5 ޕަސެންޓާ ހަމައަށް

އެސްއެމްއީ ބޭންކު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީ އާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފެއްދި ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ބޭންކުން ހަތަރު ދާއިރާއަކަށް ލޯނުދޭން ނިންމައިފިއެވެ.

އެ ބޭންކު އިފްތިތާހް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު ވިދާޅުވީ އެ ބޭންކުން ދަނޑުވެރިކަމާއި މަސްވެރިކަމާއި ރަށުގައި ފަތުރުވެރިކަމާއި އަދި އެކި އުފެއްދުންތެރިކަމުގެ ކޮންމެ ޕްރޮޖެކްޓަކަށް ލޯނު ދޭނެ ކަމަށެވެ.

އެ ބޭންކުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ބޭންކުން ލޯން ދޫކުރާނި ހަ ޕަސެންޓްއާއި 9.5 ޕަސެންޓާއާ ދެމެދުގެ އަދަކަށް ކަމަށާއި އަދި ލޯން ދައްކަން ޖެހޭނީ ހަތްއަހަރަށް ބަހާލައިގެން ކަމަށެެވެ. އަދި ބުނީ އިންޓަރެސްޓް ރޭޓް ކަނޑައަޅާނީ އޭގެ ރިސްކާއި އަދި ރަހުނަށް ބެލުމަށްފަހު ކަމަށެވެ.

އަދި ލޯނު ދޫކުރާއިރު މިހާރު ބޭންކުން ގެންގުޅޭ ރަހުނުގެ އުސޫލަށް ލުއިގޮތްތަކެއް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

އަދި ފަށައިގަންނައިރު ހަތަރރު ދާއިރާއަކަށް ލޯން ދޫކުރި ނަމަވެސް ކުރިއަށް އޮން ތަނުގައި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށާއި އަދި މިހާރު ހިނގަމުންދާ ވިޔަފަރިތަކަށް ހާއްސަކޮށް "ވިޔަފާރި ތަރައްގީ" ގެ ނަމުގައި ލޯން ދޫކުރާނެ ކަމަށެވެ. އަދި އެ ލޯން ދޫކުރާނި ހަތަރު ޕަސެންޓްއާއި ނުވަ ޕަސެންޓާއާ ދެމެދުގެ އަދަކަށް 10 އަހަރަށް ބަހާލައިގެން ދައްކަން ޖެހޭ ގޮތަށް ކަމަށް އެ ބޭންކުން ބުންޏެވެ.

comment ކޮމެންޓް