އޮފިޑުން ރާއްޖެއަށް 50 މިލިއަނުގެ ލޯނެއް ދޭން ނިންމައިފި

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހުންނަ އިމާރާތް: ސަން ފައިލް ފޮޓޯ

ރައްޖޭގެ ޕްބަލިކް ސެކްޓާ އިންވެސްޓްމެންޓްގެ ޕްރޮގްރާމްތަކަށް ހަރަދު ކުރުމަށް އޮޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ނިންމައިފި އެވެ.

މީގެ ކުރިން 2016 ވަނަ އަހަރުވެސް އޮފިޑުން ވަނީ ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދީފަ އެވެ. އެއީ އެއާޕޯޓު ތަރައްގީ ކުރާށެވެ.

މިމަހުގެ 16 ވަނަ ދުވަހު ވިއެނާގައި ބޭއްވި އޮފެޑްގެ 166 ވަނަ ބައްދަލުވުމުގައި ރާއްޖެއާއި އެހެން ބައެއް ގައުމުތައް ހިމެނޭ ގޮތަށް 303 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ރާއްޖެއަށް ދޭން ނިންމާފައިވާ ލޯނުގެ އަދަދަކީ 50 މިލިއަން ޑޮލަރެވެ.

ރާއްޖެއިން އަދި އެ ލޯނާ ހަވާލުވި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.

ރާއްޖެއަށް ދޭން ނިންމާފައިވާ 50 މިލިއަން ޑޮލަރުގެ ލޯނު އެހީން 20،000 މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އޮފިޑުން ބުނެ އެވެ. އަދި 13 ރަށެއްގެ ތަރައްގީގެ މަޝްރޫއުތައް ހިންގޭނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގެ އިތުރުން އޮފެޑުން ލޯނު ދޭން ނިންމި ގައުމުތަކުގެ ތެރޭގައި ނޭޕާލް، އުޒްބެކިސްތާން، ހޮންޑޫރަސް އަދި އިތުރު ގައުމުތައް ހިމެނެ އެވެ.

comment ކޮމެންޓް