ބަހުގެ ހިދުމަތް މެންދަމު އެކަކާ ހަމައަށް

އެމްޕީއެލް އިން ހިދުމަތްދޭ ބަހަކަށް މީހުން އަރުވަނީ --- ފޮޓޯ:އެމްޕީއެލް

މާލެ އާއި ހުޅުމާލެ އާއި ދެމެދު އެމްޕީއެލް އިން ދެމުންދާ ބަހުގެ ހިދުމަތް މެންދަމު އެކެއް ޖަހަންދެން ދޭން ފަށައިފިއެވެ.

އެމްޕީއެލް އިން މިއަދު ބުނީ މި ހިދުމަތުގެ ވަގުތު އިއްޔެ އިން ފެށިގެން ބަދަލުކުރީ ކަސްޓަމަރުންގެ ފީޑް ބެކަށް ބަލާފައި ކަމަށެވެ.

އެމްޕީއެލް އިން ބުނީ ރޭގަނޑު 11:30 އިން 1:00 އާ ހަމައަށް ކޮންމެ 30 މިނެޓަކުން ބަހުގެ ހިދުމަތް ދޭނެ ކަމަށެވެ.

"މިހާރު އޮފީސް އަދި ސްކޫލު ގަޑިތަކުގައި ކޮންމެ 10 މިނެޓަކުން ބަސް އޮންނާނެ. އެހެންނޫނީ ކޮންމެ 15 މިނެޓަކުްނ ބަސް އޮންނާނެ. ރޭގަނޑު 11:30 އިން ފެށިގެން،" އެމްޕީއެލްގެ އޮފިޝަލަކު ބުންޏެވެ.

މާލެ އާއި ހުޅުމާލެ އާއި ދެމެދު އެމްޕީއެލް އިން ބަހުގެ ހިދުމަތްދެނީ ފަތިހު 5:40 އިން ފެށިގެންނެވެ. މީގެ ކުރިން އެ ހިދުމަތް ދިނީ ރޭގަނޑު 11 އާ ހަމައަށެވެ.

ބަސް ދަތުރުގެ ވަގުތު އިތުރުކޮށްފައިމިވަނީ މާލެ އާއި ހުޅުމާލެއާ ދެމެދު އެމްޓީސީސީ އިން ދޭ ބަހުގެ ހިދުމަތާއި އެމްޕީއެލް އިންދޭ ބަހުގެ ހިދުމަތުގެ ވަގުތު އިތުރުކުރުމުގެ މަޝްވަރާތައް ކުރަމުންދާކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފައިވަނިކޮށެވެ.

ސިނަމާލެ ބްރިޖުމަތިން ދަތުރުކުރާ އިރު ހެލްމެޓު އެޅުމަށް މަޖުބޫރު ކުރުމާ އެކު ފެރީ އަި ބަހުގައި ދަތުރު ކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

https://sun.mv/116866

comment ކޮމެންޓް