ކުނި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފި

ތިލަފުށި މަތިން ނަގާފައި ފޮޓޯއެއް --- ފައިލް ފޮޓޯ

ދެ މީހުންނާ އެކީ ކ. އޮޅަހަލި ރިސޯޓުން ކުނި ބަރުކޮށްގެން ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި އެވެ.

"ރޯދި" ނަމަކަށް ކިޔާ އެ ދޯނި ފަރަށް އެރީ ކ. ކަގި ކައިރި އޮންނަ ފަރަކަށެވެ. އެމްއެންޑީއެފުން މިއަދު ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 07:07ގައި ކަމަށާއި ރިޕޯޓް ލިބުމާ އެކު އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެ ހިިސާބުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ފަންސާސް ދެ ފޫޓުގެ އެ ދޯނީގައި ތިބި ދެ މީހުންނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

comment ކޮމެންޓް