"އަލާއްދީން"ގެ ޓްރެއިލާ ނެރެފި

އަލާއްދީންގެ ޓްރެއިލާގެ މަންޒަރެއް--

ނަވާރަސަތޭކަ ނުވަދިހަ ދެ ވަނަ އަހަރު ނުކުތް ޑިޒްނީ ކާޓޫން "އަލާއްދީން"ގެ ޓްރެއިލާ ނެރެފި އެވެ.

ޓްރެއިލާ ނެރުނު އިރު އެ ޓްރެއިލާ ވެގެންދިޔައީ ކާޓޫންގައި ވެސް ފެންނަ މަންޒަރުތައް ފެނިގެން ގޮއްސަ އެވެ. ކާޓޫން އިން އިވިގެން ދިޔަ "އަ ހޯލް ނިއު ވޯލްޑް" ލަވަ ވެސް ފިލްމުގެ އޮފިޝަލް ޓްރެއިލާއިން ވަނީ އިވިގެން ގޮއްސަ އެވެ.

"އަލާއްދީން"ގެ ރަސްމީ ޓްރެއިލާ އާންމުކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ބެލުންތެރިން އަންނަނީ ފިލްމު ބެލުމަށް ކެތްމަދުވެފައިވާ ވާހަކަ ބުނަމުންނެވެ.

ކާޓޫންއަށް ވުރެ ފިލްމު ރީތި ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ.

ފިލްމު ޑައިރެކްޓްކޮށް އުފައްދަނީގައި ރިޗީ އެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރަކީ ޑޭން ލިން އެވެ.

ފިލްމުގައި އަލާއްދީންގެ ރޯލުން ފެނިގެންދާނީ މެނާ މައްސޫދެވެ. އަދި ޖޭސްމިންގެ ރޯލުން ފެނިގެންދާނީ ނައޯމީ ސްކޮޓް އެވެ. ޖީނީގެ ރޯލުން ވިލް ސްމިތް ފެނިގެންދާއިރު ޖަފަރުގެ ރޯލުން ފެނިގެންދާނީ މަރުއާން ކެންޒާރީ އެވެ.

"އަލާއްދީން" ރިލީޒްކުރާނީ އަންނަ އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހު އެވެ.

މި އަހަރަކީ ވޯލްޓް ޑިޒްނީގެ ގިނަ ކާޓޫންތަކެއްގެ ރީމޭކް ގެނެސްދޭނެ އަހަރެކެވެ. އޭގެ ތެރޭގައި ލަޔަން ކިންގް އަދި ޑަމްބޯ ހިމެނެ އެވެ.

comment ކޮމެންޓް