ސައުދީ އަންހެން ކުއްޖަކު ބުރުގާ އެޅި އިމޯޖީއެއް ޑިޒައިން ކޮށްފި

ރަޔޫފް އަލްހުމައިދީ،15 ---ފޮޓޯ ސީއެންއެން

އުމުރުން އެންމެ 15 އަހަރުގައި ރަޔޫފް އަލްހުމައިދީ ނަމަކަށް ކިޔާ ސައުދީ އަންހެން ކުއްޖަކު ބުރުގާއެޅި އިމޯޖީއެއް ޑިިޒައިން ކޮށްފިއެވެ.

ބާލިންގައި ދިރިއުޅޭ ރަޔޫފް ވަނީ މިހާރު މި އިމޯޖީ ގެ ޕްރޮޕޯސަލް ދަ ޔުނިކޯޑް ކޮންސޯޓިއަމްއަށް ހުށަހަޅާފައެވެ. މިއީ އިމޯޖީ ރިވިއުކުރާ ނޮން ޕްރޮފިޓް ކޯޕަރޭޝަންއެކެވެ.

ރަޔޫފް ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ މި އިމޯޖީ ޑިޒައިންކުރީ އޭނާއާއި އަދި އެހެން ބުރުގާއެޅި އަންހެނުން ރިޕްރެޒެންޓް ނުވާތީއެވެ.

ރަޔޫފް ޑީޒައިންކޮށްފައިވާ އިމޯޖީ

ޔުނިކޯޑް އިމޯޖީ ސަބްކޮމިޓީގެ މެންބަރެއް ބުނެފައިވަނީ ރަޔޫފްގެ މި ޕްރޮޕޯސަލްއަކީ ވަރަށް ފުރިހަމައަދި އެހާމެ ވަރުގަދަ ހުށަހެޅުމެއްކަމަށެވެ.

ރަޔޫފްގެ މި ހުށަހެޅުމަށް މަޝްހޫރު ރެޑިޓްވަނީ މިހާރު ބެކްކޮށްފައެވެ.

އިމޯޖީ ޑިޒައިންކުރި ރަޔޫފް،15 --ފޮޓޯ ސީއެންއެން

މި އިމޯޖީ ތައާރަފްކުރާނެތޯ ޔަގީންވެގެންދާނީ މިއަހަރުގެ ނޮވެމްބަރުމަހު ބާއްވާ ޔުނިކޯޑް ޓެކްނިކަލް ކޮމިޓީގެ ބައްދަލުވުމުގައެވެ. އެހެންކަމުން މި އިމޯޖީ އަހަރެމެންގެ ފޯނުތަކުން ފެންނާނެ ކަމުގެ އުންމީދެއް އޮތީ 2020 ގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު