"މެލަފިޝެންޓް 2" އަންނަ އޮކްޓޯބަރުގައި

މެލަފިޝެންޓްގެ މަންޒަރެއް---

ބަތަލާ އެންޖެލީނާ ޖޮލީ ފެނިގެންދާ ފިލްމު "މެލަފިޝެންޓް" ގެ ދެވަނަ ބައި ރިލީޒްކުރާ ތާރީހު އަވަސްކޮށްފިއެވެ.

ފިލްމު ކުރިން ރިލީޒްކުރަން ނިންމީ އަންނަ އަހަރުގެ މެއި މަހުގައެވެ. ނަމަވެސް ފިލްމު ރިލީޒްކުރާ ތާރީހު މިހާރު ވަނީ އަވަސްކޮށްފައެވެ. ފިލްމުގެ ދެވަނަ ބައި ނުކުންނާނީ އަންނަ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

"މެލަފިޝަންޓް، މިސްޓްރެސް އޮފް އީވިލް" ރިލީޒްކުރަން ނިންމީ ފިލްމު ޕްރިމިއާކުރަން ނިންމި ހަތް މަސް ކުރިންނެވެ.

އެ ފިލްމަކީ ޑިޒްނީގެ "ސްލީޕިންގް ބިއުޓީ" ކާޓޫނުގައި ހަރަކާތްތެރިވާ ނުބައި ފެއަރީގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމުގެ ފުރަތަމަ ބައި ބެލުންތެރިންނާ ހިސާބަށް އައީ 2014 ވަނަ އަހަރުއެވެ.

އެ ފިލްމަކީ ބޮކްސް އޮފީހުގައި ވިދާލި ފިލްމެކެވެ.

މި އަހަރަކީ ޑިޒްނީގެ ގިނަ ފިލްމުތަކެއް ސިނަމާތަކަށް އަންނާނެ އަހަރެކެވެ. އެގޮތުން 'ޑަމްބޯ'، 'އަލާއްދީން'، 'ޓޯއީ ސްޓޯރީ 4' އަދި 'ލަޔަން ކިންގް' ހިމެނެއެވެ.

comment ކޮމެންޓް