"އެއާ ވުލްފް"ގެ އެކްޓަރު މައިކަލް މަރުވެއްޖެ

އެކްޓަރު މައިކަލް---

ނަވާރަސަތޭކަ އަށްޑިހަ ވަނަ އަހަރު ދައްކަން ފެށި މިލިޓަރީ ސީރީޒް "އެއާ ވުލްފް"ގެ އެކްޓަރު ޖޭން މައިކަލް ވިންސެންޓް މަރުވެއްޖެއެވެ.

އޭނާ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބޭރުގެ ޚަބަރުތައް ބުނެއެވެ. އޭނާ މިދިޔަ ފެބްރުއަރީ މަހު މަރުވިއި އިރު ބޭރުގެ މީޑިއާތަކުން އެކަން ރިޕޯޓްކޮށްފައިވަނީ މީގެ ދެދުވަހެއް ކުރިންނެވެ.

އުމުރުން 73 އަހަރު އޭނާ މަރުވިއިރު އޭނާގެ އަންހެން ދަރިއަކު ދުނިޔޭގައި އެބަ ހުއްޓެވެ.

އޭނާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ބިގް ވެނިސްޑޭ"، "ބޭބީ ބްލޫ މެރިން" އަދި "ޓްރައިބްސް" ހިމެނެއެވެ.

comment ކޮމެންޓް