ޖެނިފާ ލޮޕޭޒް އެންގޭޖްވެއްޖެ

ޖެނިފާ އަދި އޭނާގެ ލޯބިވެރިޔާ އެލެކްސް---

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް 49، އެންގޭޖްވެއްޖެއެވެ.

ޖެނިފާ އެންގޭޖްވެފައިވަނީ އޭނާގެ ލޯބިވެރިޔާ މަޝްހޫރު ބޭސްބޯލް ކުޅުންތެރިޔާ އެލެކްސް ރޮޑްރިގޭޒް (އޭ-ރޮޑް) 43، އާއެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަކަށް ދެމީހުން ލޯބީގެ ގޮތުން އުޅުމަށްފަހު އެންޖޭޖްވިކަން ޖެނިފާގެ އިތުރުން އޭ-ރޮޑްގެ އިންސްޓަގްރާމް އެކައުންޓްގައި ވަނީ ޔަގީންކޮށްދީފައެވެ.

ޖެނިފާ އަދި އޭ-ރޮޑް ވެސް ވަނީ މީގެ ކުރިން ވެސް ކައިވެންޏެއް ކޮށްފައެވެ. އަދި ދެކައިވެންޏަށް ވެސް ވަނީ ދެކުދިން ލިބިފައެވެ.

View this post on Instagram

she said yes ♥️

A post shared by Alex Rodriguez (@arod) on

އެންގޭޖްވިކަން އިއުލާންކުރި ނަމަވެސް ދެމީހުން ކައިވެނިކުރާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.

ޖެނިފާ އާއި އޭ-ރޮޑް އެންމެ ފުރަތަމަ ބައްދަލުވީ 2005 ވަނަ އަހަރު ޝޭ ސްޓޭޑިއަމްއިންނެވެ.

comment ކޮމެންޓް