ގެނބުނު ތިން ފަތުރުވެރިޔަކު މާފުށީ ރައްޔިތުންގެ ބަޔަކު ސަލާމަތްކޮށްދީފި

ކ. މާފުށީ މަގެއްގެ މަތީން ފަތުރުވެރީންތަކެއް ދަނީ-- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

ކ. މާފުށީގައި އިންޑިއާގެ ތިން ފަތުރުވެރިޔަކު ގެނބިގެން އުޅެނިކޮށް އެރަށު ރައްޔިތުންގެ ބަޔަކު ގޮސް އެ ތިން މީހުން ސަލާމަތްކޮށްދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފުށީ ގެސްޓު ހައުސްއަކަށް އައި އެ ތިން ފަތުރުވެރިންް ގެނބުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 15:24 އެހައިކަންހާއިރު ކަމަށެވެ.

ފުލުހުން އެ ސަރަހައްދަށް ދިޔައިރު އާންމުންގެ އެހީތެރިކަމާއެކު ގެނބުނު ފަތުރުވެރިން އެއްގަމަށް ގެނެސްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ ވެހިކަލްގައި އެ ތިން ފަތުރުވެރިން މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް