"ކާކު"ގެ ޓިޒާ: ބިރުންގޮސް ފިތްކަނޑައިގެންދޭ!

ކާކުގެ ޕޯސްޓަރެއް--

މީ ޕްރޮޑަކްޝަނުން ތައްޔާރުކުރާ، ކުރިއަށް އަންނަން އޮތް ފިލްމު "ކާކު؟"ގެ ފުރަތަމަ ޓިޒާ ޓްރެއިލާ އާންމުކޮށްފިއެވެ.

އެ ފިލްމަކީ ބިރުވެރި ފީޗާ ފިލްމެކެވެ. ފިލްމުގެ ޓިޒާ މިއަދު އާންމުކުރި އިރު ޓީޒާގައި ބިރުވެރި މަންޒަރުތަކެއް ހިމަނާފައިވެއެވެ. ފެނިގެންދާ މަންޒަރުތަކުގައި ބޭނުންކޮށްފައިވާ އަޑުކޮޅުތަކުން އިތުރަށް ބިރުވެރިކަން އިހްސާސްވެއެވެ.

އެ ފިލްމު ޑައިރެކްޓްކުރީ ޕްރޮޑިއުސަރު، ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ) އެވެ. ފިލްމުގެ ޝޫޓިން ވަނީ އެއްކޮށް ނިންމާލައިފަ އެވެ. "ކާކު؟"ގެ ހުރިހާ މަންޒަރެއް ނެގީ ހދ. ކުޅުދުއްފުށީގަ އެވެ. އެ ފިލްމުން ކުޅުދުއްފުށީ ބައެއް މީހުން ވެސް ފެންނާނެ އެވެ.

ޝެޑިއުލާ އެއްގޮތަށް ފަނަރަ ދުވަހުގެ ތެރޭގައި ޝޫޓްކޮށް ނިންމާފައިވާ "ކާކު؟" އަކީ ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ކާކުގެ މަންޒަރެއް---

އެ ފިލްމުން އިބްރާހީމް ސޮބާހް (ކުޑަ ސޮބާ) ގިނަ ދުވަސްތަކަކަށްފަހު ފެންނާނެއެވެ. މައިގަނޑު ތަރިންގެ ގޮތުގައި ފެނިގެންދާނީ ހާމިދު އަލީ، އިބްރާހީމް ސޮބާހް، ޝާފިއު މުހައްމަދު، އިރްފާނާ އިބްރާހީމް އަދި އައިޝަތު ޔާސިރާއެވެ.

އެ ފިލްމު ސިނަމާއަށް އަންނާނީ މިއަހަރު ރޯދައިގެ ފަހުންނެވެ.

comment ކޮމެންޓް