"ދައުވަތު"ގެ ޓިޒާ ދައްކާލައިފި، ބެލުންތެރިން ބިރުގަންނަވާލަން އަނެއްކާވެސް އައްޒަ ތައްޔާރުވެއްޖެ!

ދައުވަތުގެ ޕޯސްޓަރެއް--

ފިލްމީތަރި ޔޫސުފް ޝަފީއު(ޔޫއްޕެ) ތައްޔާރުކޮށް އުފައްދާ ފިލްމު "ދައުވަތު"ގެ ޓީޒާ ދައްކާލައިފިއެވެ.

ފިލްމު އަންނަ ޖޫން މަހު ސިނަމާތަކަށް އަންނައިރު ފިލްމު އަޅުވާ ތާރީހް އޮތީ ސިއްރެއްގެ ގޮތުގައެވެ. ފިލްމުގެ ޓީޒާއިން ބިރުވެރި މަންޒަރުތަކެއް ފެނިގެންދާއިރު އެ ފިލްމުގެ ލީޑް ތަރިއަކީ މަރިޔަމް އައްޒައެވެ.

ފިލްމުގައި އައްޒަގެ އިތުރުން ދެން ފެނިގެންދާނީ އަލީ އާޒިމް (ދޮން އައްޔަ) އަދި އަހުމަދު އީސަ (އާނަންދު) އެވެ. އަދި ފިލްމުގެ މުހިއްމު ރޯލަކުން ކުރިއަރަމުން އަންނަ ބަތަލާ އިރްފާނާ އިބްރާހީމް (އިރޫ)ވެސް ފެނިގެންދާނެއެވެ.

ނޭވާ ހިފަހައްޓާލަންޖެހޭ ސިއްސުވާލާ ގިނަ މަންޒަރުތަކެއް ފިލްމުގެ ޓީޒާގައި ވަނީ ދައްކާލާފައެވެ.

"ދައުވަތު" އަކީ މި ރާއްޖޭގައި ބޮޑުވެފައިވާ ސިހުރުގެ މައްސަލަތަކަށް ހަދާ ބިރުވެރި ފިލްމެކެވެ.

އެ ފިލްމަކީ "4426" އަށްފަހު އައްޒަ ކުޅޭ ބިރުވެރި ފިލްމެވެ. އެ ފިލްމުން އައްޒަގެ ހުނަރު ދައްކުވައިދިން އިރު ފިލްމު "ދައުވަތު"ގައި އައްޒަގެ ރޯލާ މެދު ބެލުންތެރިން ޝައްކެއް ނުކުރާނެ އެވެ.

"ދައުވަތު" އަންނަ ޖޫން މަހު ޕްރިމިއާކުރުމަށް ތައްޔާރުވަމުން އަންނައިރު ފިލްމު "ނަފްރަތުވުމުން" އަންނަ އޭޕްރިލް މަހު ސިނަމާތަކަށް އަންނާނެއެވެ.

comment ކޮމެންޓް