ޕޮލިޓެކްނިކްގެ ދަރިވަރުންނަށް ސްޓެލްކޯގައި ތަމްރީން ދެނީ

ޕޮލިޓެކްނިކްގެ ދަރިވަރުންނަށް ސްޓެލްކޯގައި ތަމްރީން ދިނުމަށް މިއަދު ސޮއިކުރި އެއްބަސްވުމުގެ ތެރެއިން--- ފޮޓޯ: ސްޓެލްކޯ

ރާއްޖެއަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި، ވަޒީފާތަކަށް ކުރިމަތިލާ ޒުވާނުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުގެ ގޮތުން ހިންގަމުންދާ މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަރިވަރުންނަށް، ސްޓެލްކޯގައި ތަމްރީންކުރުމަށް ހަމަޖައްސައިފިއެވެ.

މިއަދު ހެނދުނު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި، ޕޮލިޓެކްނިކުން ހިންގާ ތަފާތު ކޯސްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ސްޓެލްކޯއާ ޕޮލިޓެކްނިކުން ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ސޮއިކުރެއްވިއިރު ޕޮލިޓެކްނިކްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަހްމަދު ނާސިރެވެ.

ޕޮލިޓެކްނިކްގެ ދަރިވަރުންނަށް ސްޓެލްކޯގައި ތަމްރީން ދިނުމަށް މިއަދު ސޮއި ކުރުމަށްފަހު އެމްޑީ މުޣުނީ ވާހަކަ ދައްކަވަނީ--- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ބުނީ އެ އެއްބަސްވުމުގެ ދަށުން ޕޮލިޓެކްނިކްގައި ކިޔަވަމުންދާ ދަރިވަރުންނަށް ސްޓެލްކޯގެ އިލެކްޓްރިޝަނުންނާއި ޓެކްނީޝަނުންގެ އިތުރުން އިންޖިނިއަރުންނާއެކު މަސައްކަތްކޮށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އަދި ބުނީ އެފަދަ ކުދިންނަށް ހާއްސަ އުޖޫރައެއްވެސް ކަނޑައެޅިގެންދާނެ ކަމަށެެވެ.

އެ ކޯސްތަކުގައި ބައިވެރިވާ ކުދިންގެ ތެރެއިން ޓެކްނިކަލް ދާއިރާތަކުން ކޯސްފުރިހަމަ ކުރުމަށްފަހު އިންޑަސްޓްރިއަލް ޓްރެއިނިންގެ ބައިވެސް ކުރައަށް ގެންދިއުމަަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި އޭގެ އިތުރުން ކޯސް ކުރިއަށް ދާއިރު އިތުރު ކަންތައްތަކުން އެހީތެރިކަން ފޯރުކޮއްދޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

comment ކޮމެންޓް