80 ގެ އަހަރު ތަކުގައި ބޭނުންކުރި އެޕަލް ކޮންޕިއުޓަރެއް ހޯދައިފި

80 ގެ އަހަރު ތަކުގައި ބޭނުންކުރި އެޕަލް ކޮންޕިއުޓަރެއް --

އެޕަލްގެ އެންމެ ކުރީގެ އެއް މޮޑެލް ކަމަށްވާ އެޕަލް IIe ކޮންޕިއުޓަރެއް ހޯދައިފިއެވެ.

އެމެރިކާގެ ނިއުޔޯކުގެ ޔުނިވާސިޓީ ޕްރޮފެސަރެއް ކަމަށްވާ ޖޯން ފެފް އަށް އޭނާގެ މައިންބަފައިންގެ ގެއިން ފެނުނީ މީގެ 30 އަހަރު ކުރިން ބެނުން ކުރި އެޕަލް IIe ކޮމްޕިއުޓަރެކެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ކުރިއެކޭ އެއްގޮތަށް އެއްވެސް މައްސަލައެއް ނުޖެހި، މިހާރުވެސް އެ ކޮންޕިއުޓަރު ބޭނުން ކުރެވޭތީއެވެ.

އެޕަލް IIe އަކީ އެޕަލް އިން 1983 ގައި ނެރުނު އެޕަލް އައިއައި ސީރީޒްގެ ތިންވަނަ މޮޑެލްއެވެ. މި މޮޑެލް އުފެއްދުން ހުއްޓާލީ 1993 ގައެވެ.

ޖޯންގެ ޓްވިޓާގައި އޭނާ ވަނީ ކޮންޕިއުޓަރަށް ގޭމް ޕްލޮޕީ ލައްވައިގެން ގޭމް ކުޅެވޭކަން ހިއްސާކޮށްފައެވެ. އަދި ކުރީގެ އެކި ހަނދާންތައް އެ ކޮންޕިއުޓަރުން ފެނުނު ކަމަށް އޭނާ ބުންޏެވެ.

އޭގެ ތެރޭގައި އޭނާގެ އުމުރުން 11 އަހަރުގައި ސަމާ ކޭމްޕެއްގައި ހުރި އިރު އޭނާގެ ބައްޕަ ފޮނުވި ސިޓީއަކާއި ހައި ސްކޫލު ދައުރުގެ އެސައިންމެންޓުތައް ހުރި ކަމަށް ޖޯން ބުންޏެވެ.

"އަހަރެންގެ ކުދިންނަށް އެ ދައްކާލީމާ ތިބީ ހައިރާންވެފައި އައިފޯން އެކްސްގެ ޒަމާނުގައި އެޕަލްގެ އެންމެ ކުރީގެ އުފެއްދުމެއް ފެނުމަކީ އެކުދިންނަށް ހައިރާންކަން ގެނުވި ކަމެއް. އަހަރެންގެ ހަގު ދެ ދަރިން ބުނެފި މިއީ ކޮންޕިޔުޓަރެއް ހެއްޔޭވެސް" ޖޯން ޓްވިޓާ ގައި ބުނެފައި ވެއެވެ.

ކުޑައިރުގެ ހަނދާންތައް އެކުލެވިފައިވާ ކޮންޕިއުޓަރު ފެނުމާއެކު ޖޯން ހުރީ އޭރުގެ އެ ހަނދާންތައް އާކޮށްލުމަށް ވަރަށް ބޭނުންވެފައެވެ.

comment ކޮމެންޓް