ބްރިޖުގެ ހައިވޭގައި، ކާރެއް އެކްސިޑެންޓްވެ ފުނޑުފުނޑުވެއްޖެ

ބްރިޖުގެ ހައިވޭގައި، އެކްސިޑެންޓްވި ކާރު ފުނޑުފުނޑުވެފައި---

ސިނަމާލޭ ބްރިޖުގެ ހައިވޭގައި ރޭ ނުރައްކާތެރި އެކްސިޑެންޓްއެއް ހިނގައި ކާރެއް ފުނޑުފުނޑުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސަ ހިނގައިގެން ރިޕޯޓް ކޮއްފައި ވަނީ ރޭ މެންދަމު 03:05ގައި ކަމަށެވެ.

އެ ހާދިސާގައި ކާރުގައި ތިބި ދެމީހުންނަށް މާބޮޑު އަނިޔާއެއް ނުލިބޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ އެ ކާރު ހައިވޭގެ އިތުމަތީ ފަރާތު ފެންސްގައި ޖެހި ފެންސް ފުނޑާލުމަށް ފަހު ހޮޅި ދަނޑިއެއްގައި ޖެހުމަށް ފަހު ތޮށިގަނޑުމައްޗަށް އަރައިގެން ކަމަށެވެ.

އެ ހާދިސާ ހިނގި އިރު ކާރު ދުއްވަމުން ދިޔައީ 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ އަތުގައި ލައިސަންސް އޮންނަ ކަަމަށް ވެސް ފުލުހުން ބުންޏެވެ.

ބުރިޖުގައި ފަހަކަށް އައިސް ނުރައްކާތެރި ގިނަ އެކްސިޑެންޓްތައް ދަނީ ހިނގަމުންނެވެ.

comment ކޮމެންޓް