ސެނެހިޔާ ކައިރިން އެކްސިޑެޓް ހިނގި މަންޒަރު ފެނުނު މީހަކުވާނަމަ ރިޕޯޓު ކުރުމަށް ފުލުހުން އެދިއްޖެ

މިރޭ ސެނެހިޔާ ކައިރީ އެކްސިޑެޓް ހިންގި ސަރަހައްދުގައި ކާރެއް މަޑުކޮށްލައިގެން: އެ އެކްސިޑެންޓް ހިނގި އިރު މަންޒަރުދުށް މީހެއް ހުރި ނަމަ ފުލުހުނާ ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައި

ސެނެހިޔާ ކައިރިން މިރޭ އެކްސިޑެންޓް ހިނގި މަންޒަރު ފެނުނު މީހަކު ވާނަމަ އެމީހަކު އެކަން ހިއްސާކޮށްދިނުމަށް ފުލުހުން އެދިއްޖެއެވެ.

ސެނެހިޔާ ކައިރީ ކަފިހި ހުރަސްމަތިން އެކްސިޑެންޓުވުމުން، މީހެއްގެ ހާލު ސީރިއަސް ވެ އޭޑީކޭ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިރޭ 6:24 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސެނެހިޔާ ކައިރީ ދެ މީހަކު ކަފިހި ހުރަސް އިން ހުރަސް ކުރި ވަގުތުގައި މަޑުނުކޮށް ދުއްވާފައި ކާރެއް ދުއްވާފައި ދިޔަ ކަމަށެވެ. އަދި އެ މަަޑުނުކޮށް ދުވާފައި ދިޔުމުގެ ސަބަބުން ކާރުން ކަފިހި ހުރަސް މަތިން ހިނގާފައި ދިޔަ އެކަކުގެ ގައިގައި ޖެހި، ވެއްޓެން ދިޔަ ވަގުތު ދެން ހުރި މީހާގެ ގައިގައި ޖެހި، އެމީހާ ބިންމަައްޗަށް ވެއްޓި ކަފިހި ހުރަސްމަތީ ހުރި ރަބަރުގަނޑުގައި ބޯ ޖެހުމުގެ ސަބަބުން އޭޑީކޭ އައިސީޔޫގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. އެމީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"މި ހާދިސާގެ މަންޒަރު ދުށް ފަރާތެއް ވާނަމަ، ފުލުހުންނަށް ގުޅުއްވާ އެކަން ހިއްސާ ކޮށްދެއްވުމަށް،" އިލްތިމާސް ކުރުމަށް ފުލުހުން އިލްތިމާސް ކުރި އެވެ.

https://sun.mv/115389

އެ ހާދިސާގެ މައުލޫމަތު ހިއްސާ ކުރެއްވުމަށް ގުޅުއްވާނީ ޓްރެފިކް ފުލުހުންގެ ނަންބަރު 9660183 އަދި އެ މުއަސަސާގެ ނަންބަރު 332211 އަށް ކަމަށް ފުލުހުން ބުނެއެވެ.

comment ކޮމެންޓް