ނަފުރަތު އުފެދޭ ވާހަކަ ދައްކަން ދުލެއް ނުކުރެވޭނެ: ނަޝީދު

ނޮވެމްބަރ 17، 2018: ރާއްޖޭގެ 7 ވަނަ ރައީސްކަމުގެ ހުވާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވުމަށް ރަސްމީ ބޯޅަ ދަނޑުގައި ބޭއްވި ބޮޑު ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިލާފު އުފެދޭ ފަދަ ވާހަކަތައް ދައްކައި ނަފުރަތު އުފައްދަން ދައްކާ ވާހަކަތައް ދައްކަން ދޫކޮށްލައިގެން ނުތިބެވޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު އިންޑިއާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަނީ އިންޑިއާއާއި ޗައިނާއިން ރާއްޖޭގެ މަސްލަހަތާ ބެހޭގޮތުން ވާހަކަ ދައްކައިފައެވެ.

ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގަންނަވަނީ އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް، އައިސީސީއާރް އަދި ޖަވާހިރުލާލް ނެހެރޫ ޔުނިވާސިޓީގެ ދައުވަތަކަށް ކުރައްވާ ދައުވަތަކަށެވެ. އެ ދަތުރުގައ އެމަނިކުފާނު އިންޑިއާގެ އިސް އޮފިޝަލުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ ދަތުރުފުޅާ ބެހޭގޮތުން މައުލޫމާތު ދެމުން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާކީ ރާއްޖޭގެ މަސްލަހަތާ އެންމެ ބޮޑަށް ގުޅިފައިވާ ގައުމުކަމަށެވެ. އަދި އިންޑިއާގެ ތާރީހުގައިވެސް އިންޑިއާގެ މައި ސަރުކާރުން ރާއްޖެ އަޅުވެތިކުރަން މަސައްކަތް ކޮށްފައިނުވަނީ އެގައުމުގެ މަސްލަހަތުގައި އެކަން ނެތުމުން ކަމަވެސް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖެއާ އިންޑިއާއާ އޮންނަ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ބުރޫނާރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަ ފުޅުގައިވަނީ ޗައިނާއަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ރާއްޖެ އަދި އިންޑިއާ ކަނޑުގެ ގައުމުތަކުގައި ޗައިނާގެ މަސްލަހަތު މާބޮޑަށް ހިފެހެއްޓުމަށް މަަސައްކަތް ކުރަމުންދާކަމަށާއި އެގޮތުން ބޮޑެތި ލޯނުތައް ދީ ގައުމުތައް ދަރުވާލައި އެކި ގައުމުތަކުގެ ބިންތައް ނެގުމުގެ ސިޔާސަތެއް ގެންގުޅޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ މަސްރަހު މިވަގުތު އޮތްގޮތުން ނަފްތަރު އުފެދޭ ވާހަކަ ފަތުރަމުންދާކަންވެސް ރައީސް ވަނީ ފާހަނގަކުރައްވައިފައެވެ. އަދި އެކަންކަން ހިނގަން އެގޮތަށް ދޫކޮށްނުލައްވާނެ ކަމަށާއި އަދި ރާއްޖޭގެ ރައްޔިތުންގެ އެދުންތަކާއި އުއްމީދުތައް ވަރަށް ބޮޑަށް ސާފުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދައްކައި، އަދި އޭގެއިން ނަފުރަތު އުފައްދައި، އެކަމުގެ ޖަރުބާތުތަކެއްގައި ރައްޔިތުން ގުނބޯ ހެއްދުމަކީ، އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ވަރަށް ނާތަހުޒީބު ކަމެއް. އަދި ވަރަށް ބޭއިންސާފު ވެސް ކަމެއް،" އަބަދުވެސް އިންޑިއާ އަށް ތައުރީފު ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އެފަދައިން ވާހަކަ ދެއްކިއިރު ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެތިބޭތީ އެކަމަށް ގިނަބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ. އަދި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހުންނަވައިގެން ހަރަކާތެއްވެސް ވަނީ އިއުލާންކޮށްފައެވެ.

comment ކޮމެންޓް