އިންޑޯމީ ނޫޑްލްސްގެ ހާއްސަ ޕްރޮމޯޝަނެއް ލިލީ އިން ފަށައިފި

އިންޑޮނޭޝިއާގެ މަޝްހޫރު އުފެއްދުމެއްކަމަށްވާ އިންޑޯމީ ނޫޑުލުސްގެ ހާއްސަ ޕްރޮމޯޝަނެއް ލިލީ އިންޓަނޭޝަނަލް އިން މިއަދު ވަނީ ފަށާފައި --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އިންޑޮނޭޝިއާގެ މަޝްހޫރު އުފެއްދުމެއްކަމަށްވާ އިންޑޯމީ ނޫޑުލުސްގެ ހާއްސަ ޕްރޮމޯޝަނެއް ލިލީ އިންޓަނޭޝަނަލް އިން ފަށައިފިއެވެ.

މިއަދުން ފެށިގެން ދެ މަސްދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ބައްލަވައިގަންނަ ކޮންމެ ހަތަރު އިންޑޯމީ ނޫޑްލްސް ޕެކެޓަކާއެކު އެއް ޕެކެޓު ހިލޭ ލިބޭނެއެވެ.

"މި ޕްރޮމޯޝަނުގެ ދަށުން ގަންނަ ކޮންމެ ޕެކެޓަކުން 20 ޕަސެބްޓްގެ ސޭވިންގް އެއް ކަސްޓަމަރަށް ލިބޭނެ،" ލިލީ އިންޓަނޭޝަނަލް އިން ބުންޏެވެ.

އިންޑޯމީ އަކީ ޔޫރަޕްގެ ގިނަ ގައުމުތަކެއްގައިވެސް މަގުބޫލުކަން ހޯދާފައިވާ ނޫޑްލްސް އެކެވެ. މިއީ ކާބޯތަކެތި ބަންދުކުރުމަށް ކަނޑައަޅާފައިވާ ފުޑް ގްރޭޑް ގެ އެންމެ މަތީ ފެންވަރުގައި ބަންދުކޮށްފައިވާ އުފެއްދުމެކެވެ.

ލިލީ އިންޓަނޭޝަނަލްގެ ޕްރޮމޯޝަންގެ ދަށުން މިވަގުުތ ވިއްކަނީ އިންޑޯމީގެ ކަރީ ޗިކެން ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު ފްލޭވާތަކާއެކު ޕްރޮމޯޝަންތައް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް