ބައެއް ދިވެހީން ހުކުރު ހުތުބާއަށް "ހޮޓްބާ" އޭ ކިޔާތީ ޑރ މައުރޫފް ކަންބޮޑުވުން ފާޅުކޮށްފި

ހުކުރު ހުތުބާ ކިޔަނީ--- ސަން ފޮޓޯ/ ފަޔާޒު

ބައެއް ދިވެހީން ހުކުރު ހުތުބާއަށް "ހޮޓްބާ" އޭ ކިޔާތީ ޑރ މައުރޫފް ހުސައިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޑރ މައުރޫފް މިކަމާ ގުޅިގެން ކުރި ޓްވީޓުގައި ބުނެފައި ވަނީ އެފަދަ މީހުން އެކަން ކުރަނީ މުހިންމު އިސްލާމީ ޝިޢާރަކަށް އިހާނެތިކޮށް ނިކަމެތިކޮށްލުމަށް ކަމަށާއި، އެމީހުން މުސްލިމުންގެ އިހުސާސްތަކާއި ޝުއޫރުތަކާ މެދު ފަރުވާލެއް ނުބަހައްޓާ ކަމަށެވެ.

"އެމީހުން އެމީހުންގެ މުސްލިމު މައިންބަފައިންނާއި ނުވަތަ މުސްލިމު ކާފަމެން މާމަމެންގެ އިހުސާސްތަކާ މެދުވެސް ނުވިސްނަނީތަ؟،"

މައުރޫފްގެ ޓްވީޓަށް ޖަވާބުދެއްވަމުން ޝެއިހް އަލީ ޒައިދު ވިދާޅުވީ އެފަދަ މީހުން އެ ވާހަކަތައް ދައްކާއިރު އެއްވެސް އެއްޗެއް ހިތަށް ނާރުވާ ކަމަށެވެ. އަދި "އިހްތިރާމްކުރުމުގެ އެއްވެސް ސިފައެއް ނެތް ކަހަލަ" ގޮތަކަށް ދޭހަ ވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އިސްލާމްދީނަށް ފާޅުގައި ފާޑު ކިޔާ ދިވެހީން ގިނަވަމުން ދިއުމަކީ، މީސްކޮޅު މަދު މި ކުޑަކުޑަ ދިވެހިރާއްޖޭގައި ދާހިލީ ފިތުނައެއްގެ ހުޅުގަނޑު ފަޅައިގެން ހިނގައިދާނެ ފަދަ ނުރައްކާތެރި ކަމެއް ކަން ވެސް ބައެއް މީހުންގެ ކޮމެންޓުގައި ފާހަގަކޮށްފައި ވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް