ރެޑްވޭވް އަހަރީ ބާޒާރުގެ ނަސީބުވެރިން ހޮވައިފި

ރެޑްވޭވު އަހަރީ ބާޒާރުގެ ނަސީބުވެރިން ހޮވުން -- ފޮޓޯ: ރެޑޤވޭވް

ރެޑްވޭވް އަހަރީ ބާޒާރުގެ ނަސީބުވެރިން ހޮވައިފިއެވެ.

އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ރެޑްވޭވް އަހަރީ ބާޒާރު ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 15 އިން ޖެނުއަރީ މަހުގެ 15 އަށެވެ.

ރެޑްވޭވް އަހަރީ ބާޒާރުގެ އެއްވަނަ އިނާމަކަށް ހުށަހަޅާފައިވާ 50 ހާސް ރުފިޔާގެ ފައިސާގެ އިނާަމު ލިބުނު ނަސީބުވެރިޔަކީ ޒާހިދާ (ކޫޕަން ނަންބަރު: 009008) އެވެ. ދެވަނަ އަށް ހުށަހަޅާފައިވާ 30 ހާސް ރުފިޔާގެ ފައިސާގެ އިނާމުގެ ނަސީބުވެރިޔަކީ އަބްދުﷲ މުއިއްޒު ފުއާދް (ކޫޕަން ނަންބަރު: 004542) އެވެ. އަދި މި ލަކީޑްރޯގެ ތިންވަނަ އިނާމު ކަމަށްވާ 20 ހާސް ރުފިޔާގެ ފައިސާގެ އިނާމު ލިބުނު ނަސީބުވެރިޔަކީ އައިމިނަތު ސަލާމާ (ކޫޕަން ނަންބަރު: 008871) އެވެ.

ރެޑްވޭވުން ބުނީ އަހަރީ ބާޒާރު ވަރަށް ކާމިޔާބު ކަމަށާއި ކަސްޓަމަރުންގެ ތަރުހީބު ބޮޑު ކަމަށެވެ. މިއަހަރުގެ ރޯދައާ ދިމާކޮށް އަގުހުރި އިނާމުތަކެއް ލިބޭނެ ރޯދަ ސޭލްވެސް ބާއްވާނެ ކަމަށާއި ކަސްޓަމަރުން ބޭނުންވާފަދަ ސާމާނު ހެޔޮއަގެއްގައި ލިބޭނެ ކަމަށް ރެޑްވޭވުން ބުނެއެވެ.

comment ކޮމެންޓް