ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ޕްރީ ސްކޫލެއް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފި

ސޮއިކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ/ އަހްމަދު އަވްޝަން

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރަތްކުރި ޕްރީ ސްކޫލެއް އެޑިއުކޭޝަން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.

ޕްރީ ސްކޫލް އިމާރާތްކުރި ފަރާތް އެ ސްކޫލު އެޗްޑީސީއާ ހަވާލުކުރިއިރު އެޗްޑީސީއިން މިއަދު ވަނީ އެ ސްކޫލު އެޑިއުކޭޝަނާ ހަވާލުކޮށްފައެވެ.

ސްކޫލު ހަވާލުކުރުމަށް ބޭއްވި ސޮއިކުރުމުގެ ހަފްލާގައި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ސުހައިލް އަހުމަދެވެ. އަދި އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ އާއިޝަތު އަލީ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މިނިސްޓަރު ވިދާޅުވީ މި ސްކޫލު މިނިސްޓްރީއާ ހަވާލުވުމުން އުފާކުރާ ކަމަށާއި އުންމީދަކީ ހުޅުމާލޭ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދޭނެ ސްކޫލަކަށް އެތަން ވެގެންދިއުން ކަމަށެވެ.

"މި ސްކޫލު ހިންގާނެ ފަރާތެއް ހޯދުމަށް ވަރަށް އަވަހަށް އިއުލާން ކުރާނަން،"

މިނިސްޓަރު ވިދާޅުވީ ޕްރީ ސްކޫލުގެ ކިޔެވުން މިއަހަރު ފެށޭނެކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެމްޑީ ސުހައިލް ވިދާޅުވީ ސްކޫލުގައި ހަތް ކުލާސްރޫމް ހިމެނޭކަމަށާއި ލެބެއް ވެސް ހިމެނޭ ކަމަށެވެ.

"މި ޕްރީ ސްކޫލުގައި ހަތް ކުލާސްރޫމް ހިމެނޭނެ. ކޮމްޕިއުޓަރު ލެބް އަކާއި ހޯލެއްގެ އިތުރުން ސްޓާފްރޫމެއް ހިމެނޭނެ. އަދި ކުޑަކުދިން އެކްޓިވިޓީސް ހިންގުމަށް ޖާގަ އޮންނާނެ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް