ޖުމައިރާ ރިސޯޓުގައި މައްސައްކަތް ކުރާ ބިދޭސީއަކު މަރުވެއްޖެ

ޖުމައިރާ ވިޓަވެލި ރިޒޯސްގަައި މަރުވި ފިލިޕިންސްއަށް ނިސްބަތްވާ މީހާ -- ސަން ފޮޓޯ/ ކިިޔުންތެރެއެއް

މާލެ އަތޮޅުގައި އޮންނަ ޖުމައިރާ ވިޓަވެލި ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީއަކު މިރޭ މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ އެ ރިސޯޓުގައި "ފަޔާ ޑަންސާ" އެއްގެ ވަޒީފާ އަދާކުރަމުންދާ ފިލިޕިންސްގެ ރައްޔިތެކެވެ.

އޭޑީކޭ ހޮސްޕީޓަލާ ހަވާލާދީ ފުލުހުން ބުނީ، އެ ރިސޯޓުގައި މަސައްކަތް ކުރާ ފިލިޕިންސްގެ ރައްޔިތަކު މިރޭ 7:30 އެހައިކަންހާއިރު އެ ހޮސްޕިޓަލަށް ގެނެވިފައިވާ ކަމަށާއި އެމީހާ ގެނައި އިރު ވެސް އޮތީ މަރުވެފައިކަމަށެވެ.

އެނާ މަރުވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ރިސޯޓުގައި މަސައްކަތް ކުރާ ފިލިޕީންސްގެ ރައްޔިތަކު މިރޭ މަރުވެފައިވާ އިރު، މިއަދު ހަވީރު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ސްނޯކްލިންއަށް ދިޔަ ކޮރެޔާގެ 66 އަހަރުގެ އަންހެނަކު ވަނީ ގެނބިގެން މަރުވެފައެވެ.

comment ކޮމެންޓް