އެޕަލް އިން މިދިޔަ އަހަރު 11 މިލިއަން ފޯނުގެ ބެޓަރީ ބަދަލުކޮށްދިން

އައިފޯނު 6އެސް ---

އެޕަލް އައިފޯނުތަކުގެ ބެޓެރީގެ މައްސަލައަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ބެޓެރީ ބަދަލުކުރަން ހުޅުވާލި ފުރުސަތުގައި މިދިޔަ އަހަރު 11 މިލިއަން އައިގޯނުން ބެޓެރީ ބަދަލުކޮށްފައިވާ ކަމަށް އެޕަލް އިން ބުނެފި އެވެ.

އެޕަލް އިން އައިފޯނުތަކުގެ ބެޓެރީ ބަދަލުކޮށްދިނީ ޑިސްކައުންޓް އަގެއްގަ އެވެ. އެއީ ފޯނަށް ދިމާވާ މައްސަލައަކީ އެމީހުންގެ އިހުމާލުން ވާ ކަމެއްކަމަށް ގަބޫލުކޮށްފަ އެވެ. އެޕަލް އިން ލަފާކޮށްފައި އޮތީ ބެޓެރީ ބަދަލު ކުރުމުގެ ބަދަލުގައި ގިނަ ބަޔަކު އާ އައިފޯނު ގަންނާނެ ކަމަށެވެ. ނަމަވެސް އެކުންފުނިން ލަފާކޮށްފައިވާ ފައިދާ މަދުވެ، ފޯނުގެ ބެޓެރީ ބަދަލު ކުރި މީހުންގެ އަދަދު ވަނީ ގިނަވެފަ އެވެ.

އެޕަލް އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ވަނީ 30 ޕަސެންޓު ދަށްވެފަ އެވެ. ބެޓެރީ ބަދަލުކޮށްގެން އެކުންފުންޏަށް 319 މިލިއަން ދޮލަރު ލިބިފައިވާނެ ކަމަށް ލަފާކުރެވެ އެވެ.

comment ކޮމެންޓް