ޝަކްތީ ބޮލީވުޑަށް!

ޝަކްތީ މޯހަން: ބޮލީވުޑަށް ތައާރަފުވުމަށް އަންނަނީ ތައްޔާރު ވަމުން --

ޑާންސްޕްލަސްގެ ޖަޖު ޝަކްތީ މޯހަން ބޮލީވުޑަށް ނުކުތުމަށް ނިންމައިފިއެވެ.

މި ގޮތުން "އޭބީސީޑީ 3"އިން ޝަކްތީ ފެންނާނެ ކަން ޑާންސްޕްލަސް ޝޯގައި އިއުލާންކޮށްފައި ވަނީ ޑައިރެކްޓަރު އަދި ކޮރިއޯގްރަފާ ރެމޯ ޑި ސޫޒާއެވެ. އޭގެ ފަހުން ޝަކްތީގެ ޓްވިޓާ އެކައުންޓްގައި ވެސް އެކަން ވަނީ ޔަގީންކޮށްދީފައެވެ.

ވަރުން ދަވާން އާއި ޝަރައްދާ ކަޕޫރު އެކުގައި ފެނިގެންދާ "އޭބީސީޑީ 3" ފިލްމުގެ ޓީމާ ޝަކްތީ ވަނީ މިހާރު ގުޅިފައެވެ.

"ނެށުމުގެ ފިލްމެއް ވީމަ ވަރަށް އުފާވޭ. ވަރުންއާއި ޝްރައްދާއާ އެކީ މަސައްކަތްކޮށްލަން ލިބުނީމަ ވަރަށް ހިތްހަމަޖެހޭ. ޝޫޓިންއަށް ލަންޑަންއަށް ދާން ވެސް ތައްޔާރު،"

ޝަކްތީގެ އިތުރުން 'ޑާންސް އިންޑިއާ ޑާންސް' އިން ފެނިގެން ދިޔަ އަދި މިހާރު 'ޑާންސް ޕްލަސް' އިން ފެނިގެންދާ ޕުނީތު އާއި ދަރްމޭޝް އާއި ރާގަވް ވެސް އެ ފިލްމުން ފެނިގެންދާނެ އެވެ. ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ޕަންޖާބްގެ އިތުރުން ލަންޑަންގަ އެވެ.

comment ކޮމެންޓް