އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން ހަމަޖައްސަވައިފި އެވެ.
ކުރީން އެ މަގާމުގައި ހުންނެވީ މުހައްމަދު ހުސައިން ޝަރީފު (މުންދު) އެވެ. މުންދު ވަނީ އެ ޕާޓީގެ ސެކްޓްރީ ޖެނެލްގެ މަގާމުން އިސްތިއުފާ ދެއްވައި އަލަށް އުފައްދާ ޕީޕަލްސް ނޭޝަލް ކޮންގްރެސް ޕާޓީ އަށް ސޮއިކުރައްވައިފަ އެވެ.
މަތީން ޕީޕީއެމްގެ އާ ސެކެޓްރީ ކަމަށް އިންތިހާބު ކުރީ މިހާރު ހ. ހުރަފަ، ޕާޓީ އޮފީހުގައި ހިނގަމުންދާ ހާއްސަ ކައުންސިލް ބައްދަލުވުމުގައި އެވެ.
PPM is holding a very special Council meeting chaired by Party President Yamin Abdul Qayoom at PPM HQ at Male’. H. Hurafa 2nd floor. pic.twitter.com/TADJu8Dria
— Ahmed Nihan (@ahmed_nihan) January 14, 2019
ޕީޕީއެމް އިން ހާއްސަ ކައުންސިލް ބައްދަލުވުމެއް ކުރިޔަށް މި ދަނީ، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ އާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ރަޖިސްޓަރީ ކުރުމަށް ޕީޕީއެމްގެ ހަރަކާތްތައް މެދު ކަނޑަލައިފައި ވަނިކޮށެވެ.
ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި މިހާރު ކޮންގްރެސް ޕާޓީގެ މުއައްސިސް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ މިދިޔަ ބުދަ ދުވަހު ކޮންގްރެސް ޕާޓީ ރަޖިސްޓްރީ ކުރުމަށް 4،000 މެމްބާޝިޕް ފޯމް އިލެކްޝަންސް ކޮމިޝަން އަށް ހުށަހަޅުއްވައިފަ އެވެ.