އިންޑިއާގެ ކޯސްޓްގާޑެއް ރާއްޖެ އަތުވެއްޖެ

ސަވައިލަންސް ޕެޓްރޯލަށް އިންޑިއާގެ ކޯސްގާޑް ޝިޕް "ސަމްރްތް" ރާއްޖޭގައި -- ފޮޓޯ/ އެެމްއެންޑީއެފް

އިންޑިއާގެ ކޯސްޓްގާޑް ޝިޕް (އައިސީޖީއެސް) "ސަމަރްތް" އިއްޔެ ރާއްޖެ އައިސްފި އެވެ.

އިންޑިއާގެ ކޯސްޓްގާޑްގެ މި ދަތުރުގައި، މިއަދުން ފެށިގެން ބުރާސްފަތި ދުވަހަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެމްއެންޑީއެފް އިން ބުނީ، 2009 ވަނަ އަހަރުން ފެށިގެން ކުރިޔަށްދާ މި ޕެޓްރޯލަކީ، ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެއް ކަމަށެވެ.

މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ގަވައިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބަލާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި ސަވައިލަންސް ޕެޓްރޯލް ނިންމާލުމަށްފަހު އައިސީޖީއެސް "ސަމަރްތް" ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު އެވެ.

ސަވައިލަންސް ޕްޓްރޯލް އަށް އިއްޔެ އިންޑިއާގެ ކޯސްޓްގާޑެއް ރާއްޖެ އާއިރު، މިދިޔަ މަހު ނުވަ ވަނަ ދުވަހުވެސް އިންޑިއާގެ މަނަވަރެއް ރާއްޖެ އައިސް އެމްއެންޑީއެފްއާ ގުޅިގެން ވަނީ ސަވަޔަލެންސް ޕެޓްރޯލް އެއް ކޮށްފައެވެ.

https://sun.mv/112705

comment ކޮމެންޓް