ކޯކު ފުޅިއެއް ބޯލައިގެން ޕްރިމިއާ ލީގް މެޗެއް ބަލާލަން ލަންޑަނަށް ދިޔުމުގެ ފުރުސަތު

ހޮޓެލް ޖެންގައި ކޮކާ ކޯލާއިން މިރޭ ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ކޯކު ފުޅީގެ މަތިގަޑުގައިވާ ނަންބަރު އެސްއެމްއެސް ކޮށްގެން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއް ބަލައިލުމަށް ލަންޑަނަށް ދިޔުމުގެ ފުރުސަތާއެކު ކޮކާ ކޯލާ އިން މިރޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ކޮކާ ކޯލާ އިން މިރޭ އެ ޕްރޮމޯޝަން ފަށާފައި ވަނީ އިންގްލިޝް ޕްރިމިއާ ލީގުގެ ޕާޓްނަރަކަށް ކޮކާ ކޯލާ ވުމާގުޅިގެންނެވެ.

އަންނަ މާޗް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަން އިފްތިތާހުކޮށްދިނީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ގައުމީ ޓީމްގެ ކުރީގެ ގޯލް ކީޕަރު އިމްރާން މުހައްމަދެވެ.

ކޮކާ ކޯލާ ފުޅީގެ މަތިގަނޑުގައިވާ ނަންބަރު 2626 އަށް އެސްއެމް ކުރުމުން އެ ޕްރޮމޯޝަންގައި ބައިވެރިވެވުނީއެވެ.

ނަސީބުވެރި ދެ ފަރާތަކަށް ކޮންމެ ހަފްތާއަކު އެ ޕްރޮމޯޝަންގެ ދަށުން ޕްރިމިއާ ލީގުގެ މެޗެއް ބަލައިލުމަށް ލަންޑަނަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮކާކޯލާ އިން ބުނީ މެޗު ބަލައިލަން ލަންޑަނަށް ދިޔުމުގެ އިތުރުން ގުރުއަތުން ހޮވޭ 45 ފަރާތަކަށް 45 އެލްއީޑީ ޓީވީވެސް ލިބިގެންދާނެ ކަމަށެވެ.

ކޯލާ ކޮންފުނީގެ ޖެނެރަލް މެނޭޖަރ މިލިންޑް ޑެރަސާރިއާ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މިރޭގެ ރަސްމިއްޔާތު ފެށުމުގެ ގޮތުން އިމްރާން އަދި ކޮކާ ކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންޑް ޑެރަސާރިއާ ވަނީ ފުޓުބޯޅަ ވެސް ކުޅެފައެވެ.

"މި ޕްރޮމޯޝަންގެ ބޭނުމަކީ ގިނަ ދިވެހީންތަކަކަށް އެމީހުންގެ އެންމެ މަގުބޫލު ލީގު ކަމުގައިވާ އިނގިރޭސި ޕްރިމިއާ ލީގު ހަމަ ލޮލަށް ބަލާލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން،" ކޮކާ ކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންޑް ޑެރަސާރިއާ ވިދާޅުވިއެވެ.

ހޮޓެލް ޖެންގައި ކޮކާ ކޯލާއިން މިރޭ ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ކޮކާ ކޯލާ ކުންފުންޏަކީ ކުޅިވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން މެދުނުކެނޑި މިފަދަ ޕްރޮމޯޝާންތައް ދެމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ވޭތުވެދިޔަ ވޯލްޑް ކަޕް އަދި ޔޫރޯ ފުތުބޯޅަ މުބާރާތް ބަލާލުމުގެ ފުރުސަތު ދިވެހީންތަކަކަށް އެ ކުންފިން ވަނީ ހޯދައިދީފައެވެ.

މީގެ އިތުރުން ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ދިވެހި ފަސްގަނޑަށް ވޯލްޑް ކަޕްގެ އޮރިޖިނަލް ތަށި ގެނެސް ދިވެހީންނަށް އެ ޓުރޮފީއާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު އެ ކުންފުނިން ހޯދައިދިނެވެ.

comment ކޮމެންޓް