މި އަހަރު ސުކޫލު ކުޅިވަރު ހަރަކާތްތައް ރޭވިފައިވާ ގޮތް

9 ސެޕްޓެމްބަރު 2017: އިންޓަ ސްކޫލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ފެށުން: މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އެ މުބާރާތް ކުރިއަށްދާނެ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެހާސް ނަވާރަ ވަނަ އަހަރުގެ ދިރާސީ އައު އަހަރު މިއަދު ފެށިފައިވާ އިރު ސްކޫލުތަކުގެ އެކެޑެމިކް އަދި އިތުރު ހަރަކާތްތައް ރޭވިފައިވާ ގޮތުގެ ކަލަންޑަރު ވަނީ މިހާރު މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އޮފިޝަލް ވެބްސައިޓުގައި އާންމު ކޮށްފަ އެވެ.

ވޭތުވެ ދިޔަ އަހަރުގެ ކިޔެވުން ފެށިފައިވާ ދުވަހެއް ވުރެން މި އަހަރުގެ ކިޔެވުން ފެށުނު ދުވަސް ވަނީ އަވަސްކޮށްފަ އެވެ.

ތިން ވަނަ މައިލޯ އިންޓަސްކޫލް ހޭންޑްބޯޅަ މުބާރާތް، މާފަންނު ސްޓޭޑިއަމްގެ ވެލިދަނޑުގައި ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ސުކޫލު ކުޅިވަރުތައް ފެށުމުގެ ގޮތުން މޯލްޑިވްސް ވޮލީބޯލް އެސޯސިއޭޝަން އިން އިންތިޒާމު ކޮށްގެން ސްކޫލުތަކުގެ ވޮލީބޯލް އެސޯސިއޭޝަން އުފެއްުމުގެ ހަރަކާތްތަށް ފަށާނެ އެވެ. މި ހަރަކާތް މި މަހު 18 އިން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފަ އެވެ.

ހަތް ވަނަ މޭރީ ބުރައުން ޗެމްޕިއަންޝީޕް ކުރިއަށް ދާނެ ތާރީހަކީ ފެބްރުއަރީ 14 އިން ފެށިގެން އެމަހުގެ 24 އަށެވެ. މި މުބާރާތަކީ އެކި އުމުރުފުރާތަކަށް ހުޅުވާލަިގެން ބާއްވާ މުބާރާތެކެވެ. ހަމައެއާ އެކު މާލޭ ސްކޫލުތަކުގެ އިންޓަ ސުކޫލު ފުޓްބޯޅަ މުބާރާތާއި ކުޑަކުދިންގެ ފޫޓްބޯލް ފިއެސްޓާ ފެށުމަށް ހަމަ ޖެހިފައި ވަނީ ވެސް ފެބްރުއަރީ މަހު އެވެ. އޭގެ އިތުރުން އައްޑޫ އިންޓަ ސްކޫލް ނެޓްބޯލް މުބާރާތް ވެސް އަންނަ މަހުގެ 9 ވަނަ ދުވަހު ފަށާނެ އެވެ.

ތިންވަނަ މައިލޯ އިންޓަރސްކޫލް ހޭންޑްބޯޅަ މުބާރާތް، މާފަންނު ސްޓޭޑިއަމްގެ ވެލިދަނޑުގައި ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރު މާލޭ އިންޓަ ސުކޫލުގެ ގިނަ މުބާރާތްތަކެއް ފެށުމަށް ރޭވިފައި ވަނީ މާޗު މަހު އެވެ. އެގޮތުން އިންޓަރ ސުކޫލު ނެޓްބޯލް، ބެޑްމިންޓަން، ޗެސް އަދި ކެރަމް އޭގެ އިތުރުން ޒަމާނީ ބަށި މުބާރާތް ވެސް ފެށުމަށް ހަމަޖެހިފައިވަނީ މާޗު މަހު އެވެ. މީގެ އިތުރުން އައްޑޫ، ފުވައްމުލަކު އަދި ތިނަދޫގައި ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް ކުރިއަށް ދާނެ އެވެ. ނ. އަތޮޅުގެ ފުޓްބޯލް ފިއެސްޓާ ވެސް އެ މަހުގެ 29ގައި ފެށިގެން ކުރިއަށް ގެންދާނެ އެވެ.

އޭޕްރީލް މަހަކީ ވެސް ސުކޫލު ކުޅިވަރުތަކުގެ 'ބިޒީ' ދުވަސްކޮޅަކަށް ވެގެން ދާނެއެވެ. ސަބަބަކީ މިފަހަރު މާލޭ ސުކޫލުތަކުގެ އިންޓާ ސްކޫލް ހޭންޑްބޯލް، ވޮލީ ބޯލް ފެސްޓިވަލް، ބާސްކެޓްބޯލް އަދި ސްވިމިންގް މުބާރާތުގެ އިތުރުން މާލެ، އައްޑޫ، ލ، ޅ، ރ އަދި ހދ. އަތޮޅުގައި ބާއްވާ ވޮލީބޯލް މުބާރަތްތައް ވެސް ފެށުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގައި ކަމަށް ވާތީ އެވެ. އަދި މާލޭ ސުކޫލުތަކުގެ ކުޑަކުދިންގެ ސްވިމިންގް ފެސްޓިވަލް އާއި ފުޓްބޯލް ފިއެސްޓާވެސް އަންނަ އޭޕްރީލް މަހަށް ވަނީ ތާވަލު ކުރެވިފަ އެވެ. އޭގެ އިތުރުން ފުވައްމުލަކު ސުކޫލުތަކުގެ މެދުގައި ބޭއްވޭ ކުރިކެޓް މުބާރާތް ވެސް ފަށަން ރޭވިފައި ވަނީ އޭޕްރީލް މަހު އެވެ.

މި އަހަރުގެ ރޯދަ މަސް އަންނަނީ މޭ މަހާ ދިމާވާ ގޮތަށް ކަމަށް ވުމާ ގުޅިގެން އެ މަހުގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ކުޅިވަރުތައް ނިސްބަތުން މަދެވެ. ނަމަވެސް މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަން އިން އިންތިޒާމު ކޮށްގެން ބާއްވާ އެސޯސިއެޝަން ކަޕް އަދި އިންޓަ ސުކޫލް ބައިސިކަލް މުބާރަތް ބާއްވަން ރޭވިފައި ވަނީ މޭ މަހުގެ ތެރޭގަ އެވެ.

މައިލޯ އިންޓަސުކޫލް ފުޓްބޯޅަ މުބާރާތުގެ ފައިންލް މެޗުގެ ތެރެއިން: އިސްކަންދަރު ސުކޫލާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލް ބައްދަލުކުރި މެޗު 5-0 އިން ކާމިޔާބް ކުރީ އަހްމަދިއްޔާ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ވޭތުވެދިޔަ އަހަރާ ހިލާފަށް މި އަހަރުގެ ޖޫންގައި ވެސް ސުކޫލުތަކުގައި ގިނަ އަދަދަކަށް ކުޅިވަރުގެ ހަރަކާތްތައް ހިންގާނެ އެވެ. ފިތުރު ޢީދަށް ސުކޫލު ތަކުގެ ކިޔެވުން ބަންދުވާ ނަމަވެސް އެދުވަސްތަކުގެ ތެރޭގައި އިންޓާ ސުކޫލް އެތުލެޓިކްސް ފެށޭނެ އެވެ. މީގެ އިތުރުން ފުވައްމުލަކު ސުކޫލުތަކުގެ ފުޓްބޯޅަ މުބާރާތާއި ވޮލީބޯލް ވެސް ކުރިއަށް ދާނީ މި އަހަރުގެ ޖޫން މަހު އެވެ. އަދި އައްޑޫ ސުކޫލުތަކުގެ ކިޑްސް ސްވިމިންގް އާއި ކިޑްސް ފޫޓްބޯލް ފިއެސްޓާ ކުރިއަށް ގެންދާއިރު ކުޅުދުއްފުށި އަދި މިލަންދޫގެ ސްޕޯރޓްސް މީޓް ވެސް ފެށުމަށް ހަމަޖެހިފައި ވަނީ ޖޫން މަހު އެވެ. އޭގެ އިތުރުން މިފަހަރުގެ އަހުމަދިއްޔާ ސުކޫލުގެ ޓެނިސް މުބާރަތް ވެސް ކުރިއަށް ގެންދާނީ އެ މަހުގެ 20 ވަނަ ދުވަހުން 30 ވަަނަ ދުވަހުގެ ނިޔަލަށެވެ.

މި އަހަރުގެ ޖުލައި މަހަށް ތާވަލު ކުރެވިފައިވާ ކުޅިވަރުގެ ހަރަކާތްތަކަށް ބަލާލާ އިރު އައްޑޫ ސުކޫލުގެ އިންޓާ ސްކޫލް ސްވިމިންގް އަދި ޗެސް މުބާރަތް ހިމެނެ އެވެ. އަދި ފުވައްމުލަކު ސުކޫލު ފުޓްބޯލް ފިއެސްޓާ އާއި މާލޭ ސުކޫލު ތަކުގެ ބީޗް ވޮލީ ވެސް ފެށުމަށް ހަމަ ޖެހިފައިވަނީ ޖުލައި މަހުގަ އެވެ.

މައިލޯ އިންޓަސުކޫލް ވޮލީ ބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޯގަސްޓަ މަހުގެ 1 އިން ފެށިގެން 31 ގެ ނިޔަލަށް އައްޑޫ ސުކޫލުތަކުގެ ފުޓުބޯޅަ މުބާރާތް ކުރިއަށް ދާނެއެވެ. މީގެ އިތުރުން މާލޭ ސުކޫލުތަކުގެ ކިޑްސް ފުޓްބޯލް ފިއެސްޓާ ވެސް އެ މަހު ފެށުމަށް ހަމަ ޖެހިފައިވެ އެވެ.

ރާއްޖޭގެ ސުކޫލުތަކުގައި މުޅިން އަލަށް ބާއްވާނެ މުބާރާތެއް ކަމުގައިވާ އިންޓާ ސްކޫލް ބީޗް ވޯޓާ ޕޯލޯ ފެށުމަށް ހަމަ ޖެހިފައި ވަނީ މި އަހަރުގެ ސެޕްޓެންބަރު މަހު އެވެ. އަދި އައްޑޫ ސުކޫލުގެ ރޯވިން މުބާރާތާއި ދިރާގު މޯލްޑިވްސް އިންޓަނޭޝަނަލް ޓެނިސް މުބާރާތުގެ އިތުރުން 15 އަހަރުން މަތީ އުމުރު ފުރައިގެ ނެޝެނަލް ޗެމްޕިއަންޝިޕް ވެސް އެ މަހު ކުރިއަށް ދާނެ އެވެ.

މި އަހަރުގެ އެތުލެޓިކްސް ގުރޭންޑް ޗެންޕިއަންޝިޕް އަދި ފުވައްމުލަކު ސުކޫލުތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓާ ސުކޫލް ކުރިކެޓް މުބާރަތް ފެށުމަށް ތާވަލު ކުރެވިފައި ވަނީ އަންނަ އޮކްޓޯބަރު މަހު އެވެ.

މި އަހަރު ސުކޫލުތަކުގެ ކުޅިވަރު ހަރަކާތްތަކުގެ އެންމެ ފަހު އިވެންޓަކަށް ތާވަލު ކުރެވިފައި ވަނީ 50 ވަނަ ނިޕޮން ޕެއިންޓް ނެޝަނަލް ޓެނިސް މުބާރާތެވެ.

comment ކޮމެންޓް