"ގަލީ ބޯއީ"ގެ ޓްރެއިލާ ދައްކާލައިފި

ގަލީ ބޯއީގެ ޕޯސްޓަރެއް---

ޒޯޔާ އަޚްތަރު ޑައިރެކްޓުކޮށް، އާލިއާ ބަޓް އަދި ރަންވީރު ސިންގް ލީޑު ރޯލުތަކުން ފެނިގެންދާ ފިލްމު "ގަލީ ބޯއީ"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

މި ޓްރެއިލާއިން ރަންވީރު ރެޕް ކުރާ މަންޒަރު ފެނިގެންދާއިރު މި ޓްރެއިލާ ހާއްސަކޮށްފައިވަނީ ރަންވީރުގެ ރެޕަށެވެ.

މުމްބާއީގައި ޝޫޓު ކުރި ''ގަލީ ބޯއީ'' އަކީ މުމްބާއީގެ ސްޓްރީޓް ރެޕަރުން ކަމުގައިވާ ނޭޒީ އަދި ޑިވައިންގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

މިއީ ރަންވީރާއި އާލިއާ އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރެވެ. ރަންވީރު ވަނީ މީގެ ކުރިން ޒޯޔާގެ ފިލްމު 'ދިލް ދަޅަކްނޭ ދޯ'ގައި ވެސް މަސައްކަތް ކޮށްފައެވެ.

މަގުމަތުން އުފަންވި ދެ ރެޕާ އިން ކަމަށްވާ ޑިވައިން އާއި ނައޭޒީގެ ވާހަކައިގެ މައްޗަށް ތައްޔާރުކުރާ އެ ފިލްމުގެ ކޯ ޕްރޮޑިއުސަރަކީ ފަރްހާން އަހްތަރުއެވެ.

comment ކޮމެންޓް