އައިޝްވާރްޔާ އާއި އަބީޝެކް "ގުލާބު ޖާމުން" ދޫކޮށްލީތަ؟

އައިޝްވާރްޔާ އަދި އަބީޝެކް --

ފިލްމު 'ގުލާބު ޖާމުން'ގެ ސްކްރިޕްޓުގައި ހުރި ބައެއް މައްސަލަތަކުގެ ސަބަބުން، ބޮލީވުޑްގެ ހިތްގައިމު ޖޯޑު އައިޝްވާރްޔާ ރާއީ ބައްޗަން އަދި އަބީޝެކް ބައްޗަން އެ ފިލްމު ދޫކޮށްލައިފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.

އައިޝްވާރްޔާ އަދި އަބީޝެކް ވަނީ މީގެ ކުރިން އެކުގައި ބައެއް ފިލްމުތަކުގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި 'ކުޗް ނާ ކަހޯ' އަދި 'ގުރޫ' ފާހަގަކޮށްލެވެ އެވެ. ދެމީހުން އެންމެ ފަހުން އެކުގައި ފެނިގެން ދިޔައީ 2008 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ސަރްކާރް ރާޖް' އިންނެވެ.

އެހެންކަމުން ގިނަ ބަޔަކު ތިބީ އަނޫރާގް ކަޝްޔަޕް ޕްރޮޑިއުސް ކުރާ 'ގުލާބް ޖާމުން' އިން ދެ ތަރިން އެކުގައި ފެނިގެންދާނެތީ އެ ފިލްމަށް ބޮޑު އިންތިޒާރެއް ކޮށްގެނެވެ. ނަމަވެސް އެ ކަމަށް އިތުރު އިންތިޒާރެއް ކުރަން މިހާރު މިވަނީ ޖެހިފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން ފިލްމުގެ ސްކްރިޕްޓަށް ބަދަލުގެންނަށް އައިޝްވާރްޔާ އަދި އަބީޝެކް ވެސް ވަނީ އެދިފަ އެވެ. ނަމަވެސް ސްކްރިޕްޓަށް ބަދަލު ގެންނަމުން ދަނިކޮށް ދެމީހުން ފިލްމު ދޫކޮށްލީ އެ ބަދަލުތަކާ މެދު ހިތްހަމަ ނުޖެހިގެންނެވެ. ފިލްމުގެ ސްކްރިޕްޓު ލިޔެ ފިލްމު ޑައިރެކްޓު ކުރާނީ ސަރްވޭޝް މެވާރާ އެވެ. ކުރިން އަބީޝެކް ބުނެފައި ވަނީ ދެމީހުންނަށް ވެސް ފިލްމުގެ ސްކްރިޕްޓު ވަރަށް ބޮޑަށް ކަމުދިޔަ ކަމަށެވެ.

އައިޝްވާރްޔާ އެންމެ ފަހުން ފެނިގެން ދިޔައީ އަނިލް ކަޕޫރާއެކު ފިލްމު 'ފަންނޭ ޚާން' އިންނވެ. އަބީޝެކް އެންމެ ފަހުން ފެނިގެން ދިޔައީ ތާޕްސީ ޕަންނޫ އަދި ވިކީ ކޯޝަލް އާ އެކު 'މަންމަރްޒިޔާން' އިންނެވެ.

comment ކޮމެންޓް