އެމްފައިސާ ބޭނުންކޮށްގެން ކޮފީ، ބާގާ އަދި ޕިއްޒާއިން 15 ޕަސެންޓް ޑިސްކައުންޓް

އުރީދޫ އެމްފައިސާގެ މެސްކޮޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫ މޯލްޑިވްސް އަދި މައިނާ ފުޑް މޯލްޑިވްސް ގުޅިގެން މައިނާ ފުޑް އައުޓްލެޓްތަކުން އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެގޮތް ތައާރަފްކޮށްފިއެވެ.

އުރީދޫ އިން ބުނީ، މި ޚިދުމަތް ތައާރަފް ކުރެވުމާ ގުޅިގެން ޚާއްސަ އޮފާއެއްގެ ގޮތުގައި މައިނާ ފުޑް އައުޓްލެޓްތަކުގެ ބިލުން އެމްފައިސާ ކަސްޓަމަރުންނަށް 15 ޕަސަންޓް ޑިސްކައުންޓެއް ލިބިވަޑައިގަންނަވާނެއެވެ.

އެގޮތުން އެމްފައިސާގެ ކަސްޓަމަރުންނަށް މައިނާ ފުޑް އައުޓްލެޓްސް ތަކުގައި ހިމެނޭ، ޕިއްޒާ ކޮމްޕެނީ، ދަ ކޮފީ ކްލަބް އަދި ބާގާ ކިންގް އިން 15 ޕަސަންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އަދި އެމްފައިސާގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެ އައުޓްލެޓްތަކުން ބިލުތަކަށް އެމްފައިސާ ވޮލެޓް މެދުވެރިކޮށް ފައިސާ ދައްކާލެވޭނެއެވެ.

އަދި ވަރަށް ކައިރި މުސްތަގުބަލެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މައިނަރ ފުޑް އައުޓްލެޓް ތަކުންވެސް މިޚިދުމަތް ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

"އުރީދޫއާއި މައިނާ ފުޑް ގްރޫޕް ގުޅިގެން މި ތަޢާރަފްކުރި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ޚިދުމަތް ލިބިގަތުމުގެ މަގު ފަހިވެ، ކުރިމަގުގައި އިތުރު ފައިދާތައް ލިބުމުގެ މަގު ތަނަވަސް ވެގެންދާނެ،" އުރީދޫ އިން ބުންޏެވެ.

މައިނަރ ފުޑް ގްރޫޕުން މާލެ، އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބައިނަލްއަޤްވާމީ ފަސް ފުޑްޗެއިން އޮޕަރޭޓްކުރަމުންގެންދެއެވެ.

މީގެ ތެރޭގައި ދަ ޕިއްޒާ ކޮމްޕެނީ، ދަ ކޮފީ ކްލަބް، ބާގާ ކިންގް، ތައި އެކްސްޕްރެސް އަދި ޑެއިރީ ކުއީން ހިމެނެއެވެ.

comment ކޮމެންޓް