ހޮލީވުޑްގެ ތަރި ޑޭމް ޖޫން މަރުވެއްޖެ

ޑޭމް ޖޫން--

ކޮމީޑިއަން އެއްގެ ގޮތުގައި ހޮލީވުޑްގައި މަޝްހޫރުވި ބަތަލާ ޑޭމް ޖޫން މަރުވެއްޖެއެވެ.

އޭނާ މަރުވެފައި ވަނީ މިދިޔަ ހުކުރުދުވަހުއެވެ. އޭނާ މަރުވި ސަބަބެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި އޭނާ މަރުވީ "ގުދުރަތީ" މަރަކުންނެވެ.

ޑޭމް މަރުވިއިރު އޭނާގެ އުމުރަކީ 93 އަހަރެވެ. ޑޭމް މަރުވުމާ ގުޅިގެން ހޮލީވުޑްގެ ގިނަ ތަރިންތަކެއް އަންނަނީ ތައުޒިޔާ ކިޔަމުންނެވެ.

ބަތަލާ ވަނީ 1953 ވަނަ އަހަރު ރޭޑިއޯ ޗެނަލެއްގައި ވެސް މަސައްކަތްކޮށްފައެވެ. އޭނާގެ ބައެއް މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ޓެރީ އެންޑް ޖޫން" އަދި "ކެރީ އޮން" ހިމެނެއެވެ.

ޑޭމްގެ ފިރިމީހާ ޓިމް އިޓްޗްސޮން 2001 ވަނަ އަހަރު މަރުވިއިރު މި ދެމަފިރިންގެ އަންހެން ކުއްޖެއް ދުނިޔޭގައި އެބަހުއްޓެވެ.

comment ކޮމެންޓް